Roadha Mihaaru
ދެކުނު އެފްރިކާގެ ކްރިކެޓް ތަރި އަމްލާ ރިޓަޔާކޮށްފި

ދެކުނު އެފްރިކާގެ ކްރިކެޓް ތަރި އަމްލާ ރިޓަޔާކޮށްފި

19 ޖެނުއަރީ 2023

ޖޮހަނެސްބާގް (ޖެނުއަރީ 19) - ދެކުނު އެފްރިކާގެ ބެޓްސްމަން ހާޝިމް އަމްލާ އުމުރުން 39 އަހަރުގައި ރިޓަޔާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖޮހަނެސްބާގް (ޖެނުއަރީ 19) - ދެކުނު އެފްރިކާގެ ބެޓްސްމަން ހާޝިމް އަމްލާ އުމުރުން 39 އަހަރުގައި ރިޓަޔާކޮށްފި އެވެ.

އަމްލާ އަކީ ޓެސްޓް ކްރިކެޓް ގައި ދެކުނު އެފްރިކާ އިން ދެ ވަނައަށް އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 124 ޓެސްޓް މެޗުން ޖުމްލަ 9،282 ލަނޑު ހަދައިފަ އެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 13،206 ލަނޑު ހެދި ކުރީގެ ކުޅުންތެރިޔާ ޖެކުއެސް ކަލީސް އެވެ.

ޓެސްޓް ކްރިކެޓް ގައި އަމްލާ އެންމެ ގިނަ ލަނޑު ހެދީ 2012 ވަނަ އަހަރު އޯވަލް ގައި އިންގްލެންޑާ ދެކޮޅަށެވެ. އެ މެޗުގައި ނުބައި ނުވެ 311 ލަނޑު ހެދި އެވެ. މިހާތަނަށް ދެކުނު އެފްރިކާގެ އެއްވެސް ކުޅުންތެރިއަކަށް މެޗެއްގައި ތިން ސެންޗަރީ ހަދައި މި ރެކޯޑް މުގުރާލެވިފައެއް ނުވެ އެވެ.

ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައީ) ކްރިކެޓް ގައި އަމްލާ ވަނީ 181 މެޗުން 8،113 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭގައި 27 ފަހަރު އޭނާ ވަނީ ޗެންޗަރީ ހަމަކޮށްފަ އެވެ. މިއީ ވެސް ދެކުނު އެފްރިކާ ގައި ރެކޮޑް އަދަދެކެވެ.

ދެކުނު އެފްރިކާގެ ގައުމީ ޓީމަށް 2004 ވަނަ އަހަރު ކުޅެން ފެށި އަމްލާ ވަނީ މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ވެފަ އެވެ. އޭރު ރުމުރުން 21 އަހަރުގައި އޭނާ ވެފައި ވަނީ ދެކުނު އެފްރިކާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ އިންޑިއާ ދަރިކޮޅުގެ ކުޅުންތެރިޔާ އަށެވެ.

އޭނާ ވަނީ މިދިޔަ އަހަރު އިންގްލެންޑްގެ ސަރޭ އާއެކު އެ ގައުމުގެ ފަސްޓް ކްލާސް ކްރިކެޓް މުބާރާތް ކަމަށްވާ ކައުންޓީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.