ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އިހަވަންދުއަށް ވަޑައިގަންނަވާއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ސްކޫލު ދަރިވަރުން ނެރުމަށް އެންގި މައްސަލަ ހޫނުވެއްޖެ އެވެ.
17 ޖެނުއަރީ 2023
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އިހަވަންދުއަށް ވަޑައިގަންނަވާއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ސްކޫލު ދަރިވަރުން ނެރުމަށް އެންގި މައްސަލަ ހޫނުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ސްކޫލުގެ ވައިބަ ގްރޫޕުގައި ރައީސަށް މަރުހަބާ ދެންނެވުމަށް ގްރޭޑު 1،2،3،4 އަދި 5 ގެ ދަރިވަރުން ނުކުތުމަށް ވަނީ އަންގައިފަ އެވެ.
އެ ސްކޫލުން ބެލެނިވެރިންނަށް އިއްޔެ ފޮނުވި ކާޑުގައި ބުނީ ރައީސަށް މަރުހަބާ ދެންނެވުމަށް ސަގާފީ ހެދުމެއްގައި ނުވަތަ ގައުމީ ހެދުމެއްގައި ގްރޭޑު 1 އިން ފެށިގެން 5 ގެ ދަރިވަރުން، ބެލެނިވެރިންނާ އެކު ބަނދަރު ސަރަހައްދަށް ހާޒިރުވުމަށް އެދިފަ އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އެ ރަށަށް މިއަދު ވަޑައިގަންނަވާނެ އެވެ.
ސިޔާސީ ކަމެއްގައި ރައީސް ވަޑައިގަންނަވާއިރު، މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެން އެންގުމުން ބެލެނިވެރިން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން ސްކޫލުގެ ރަސްމީ ބަހެއް ނުލިބުނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ޑިސެމްބަރު 3، 2018 ގައި ނެރުނު ސާކިއުލާއެއްގައި އެގޮތަށް ދަރިވަރުން ނެރުމަކީ، ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ، އެކަން ނުކުރުމަށް އެދިވަޑައިގެންފައިވެ އެވެ.
ސަރުކާރުގެ އިސް ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާއިރު، މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރުމަކީ ރާއްޖޭގައި ކުރީއްސުރެން ފެށިގެން ބައެއް ސްކޫލްތަކުން ކުރާ ކަމެކެވެ. އެގޮތަށް މަރުހަބާ ކިޔުމަށް ގިނަ ވަގުތު ކޮޅަށް ތިބެން ޖެހުމުން ދަރިވަރުންނާއި ބެލެނިވެރިން ޝަކުވާ ކުރެ އެވެ.
"މަސްވެރިކަމުގެ ދާއިރާ ދޫކޮށްލުން ރަނގަޅެއް ނޫން"
ޔާމީންގެ ސިޔާސަތު އެނބުރި އަތުވެދާނެ: ރައީސް
އިހަވަންދޫ ތަފާތު، އިބޫ ވިދާޅުވީ މިކަން ވެއްޖެ ކަމަށް
އިބޫ ކެމްޕޭނަށް ތިލަދުންމައްޗަށް ވަޑައިގެންފި
"ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނަން"
އެމްޑީޕީން އަންނަ މަހުގެ 3ގައި މުޒާހަރާއަށް ނިކުންނަނީ
"މަރުކަޒީވިސްނުމުގެ ހިތިނަތީޖާ ފެންނާނީ ރައްޔިތުންނަށް"
އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި
ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޖަވާބެއް ނެތް
އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި: އިބޫ