Roadha Mihaaru
އިންޝުއަރެންސް މައުލޫމާތުތަކަށް އެލައިޑުގެ ހަސަނު

އިންޝުއަރެންސް މައުލޫމާތުތަކަށް އެލައިޑުގެ ހަސަނު

15 ޖެނުއަރީ 2023

އެލައިޑް އިންޝުއަރެންސް އަކީ ދިމާވާ އެކި ހާލަތްތަކުގައި ލިބޭ ގެއްލުން ފޫބައްދައިދިނުމަށް ބޭނުންވާ އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އަގު ބޮޑު މުދަލުން ފެށިގެން، ގެދޮރާއި، ސިއްހީ ހިދުމަތްތަކަށް ވެސް ބޭނުންވާ އިންޝުއަރެންސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

އެލައިޑް އިންޝުއަރެންސް އަކީ ދިމާވާ އެކި ހާލަތްތަކުގައި ލިބޭ ގެއްލުން ފޫބައްދައިދިނުމަށް ބޭނުންވާ އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އަގު ބޮޑު މުދަލުން ފެށިގެން، ގެދޮރާއި، ސިއްހީ ހިދުމަތްތަކަށް ވެސް ބޭނުންވާ އިންޝުއަރެންސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

އެ ކުންފުނީގެ ހިދުމަތްތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެލައިޑުން ތައްޔާރުކުރަމުން އަންނަ އިސްތިހާރުތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ، ގިނަ ބައެއްގެ ތަރުހީބު ލިބޭ އިސްތިހާރުތަކެކވެ. އެ އިސްތިހާރުތަކުން އެ ތަނުގެ ހިދުމަތްތަކާއި، އިންޝުއަރެންސް ހޯދަން ޖެހޭ ގިނަ ސަބަބުތައް ވަނީ ބުނެދީފަ އެވެ. ޝައުގުވެރި ގޮތްތަކަށް އާއްމުންނާ ހަމައަށް ވީޑިއޯ އަދި އިޝްތިހާރުތައް ގެނެސްދެމުން އަންނަ އެލައިޑުން އަނެއްކާ ވެސް މީހުންގެ ސަމާލުކަން ލިބޭ ފަދަ ތަފާތު ކެރެކްޓާއެއް ވަނީ ތައާރަފް ކޮށްފަ އެވެ.

މުހިންމު މެސެޖެއް ހިމެނޭ އެނިމޭޓަޑް ވީޑިއޯއަކުން އަހަރެމެންނާ މިދިޔަ ނޮވެމްބަރު މަހު ބައްދަލު ކުރި ހަސަނަކީ ދެން އެލައިޑުގެ ވީޑިއޯތަކުން އަހަރެމެންނަށް ފެންނާނެ ކެރެކްޓާ އެވެ.

ހަސަނު ތައާރަފުކޮށް ނެރުނު ވީޑިއޯ

މަޑުމައިތިރި މިޒާޖެއްގެ ހަސަނަކީ ތޫނުފިލި ކެރެކްޓާ އެކެވެ. ނޫ ކުލައިގެ އެ ދޫންޏަކީ އަހަރެމެންނަށް މުސްތަގުބަލަށް ރައްކާތެރިވުމަށް އިންޝުއާ ކުރުމަށް ބާރު އަޅާ އެ ކަމަށް މަގު ދައްކައިދޭނެ މާލިމީ އެވެ. ހަސަނުގެ ކެރެކްޓާ އެނިމޭޓުކޮށް ތައްޔާރުކޮށްފައި ވަނީ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިންނެވެ.

މުސްތަގުބަލުގައި ކުރިމަތިވެދާނެ ކާރިސާއަކަށް ނުވަތަ ލިބިދާނެ ގެއްލުމަކަށް ތައްޔާރުވުމަށް ކުރެވޭނެ އެންމެ ބުއްދިވެރި އެއް ކަމަކީ އިންޝުއަރަންސް ހޯދުމެވެ. އަމިއްލަ ގެދޮރާއި މުދަލާއި ވިޔަފާރި އާއި ހަށިގަނޑު ވެސް އިންޝުއަރަންސް މެދުވެރިކޮށް ރައްކާ ކުރެވިދާނެ އެވެ.

ލިބޭ ގެއްލުމަކުން އާއިލާ ހާލުގައި ޖެހެން ނުޖެހޭނެ ފަދަ ހައްލުތަކާއި ކަމެއް ދިމާވެގެން ވިޔަފާރި ހުއްޓިއްޖެ ހާލަތެއްގައި ލިބެން އޮތް ވިޔަފާރީގެ ފައިދާ ވެސް އެކަމަށް ހާއްސަ އިންޝުއަރެންސް ޕްލޭނެއް މެދުވެރިކޮށް ހޯދޭނެ މަގު އޮވެއެވެ. އަދި ކުރިމަތިވާ ބަލިމަޑުކަމަކުން އަރައިގަތުމަށް ހޭދަވާ ހަރަދު ކުޑަކޮށްދޭނެ ޕްލޭނުތައް ވެސް އޮވެ އެވެ.

ހަސަނުގެ އަމާޒަކީ އެ މައުލޫމާތުތައް އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. ހަސަނުގެ ބަސްއަހައިފި ނަމަ އެ މީހަކަށް އޮތް ރައްކާތެރިކަން އެލައިޑްގެ ޕްލޭންތަކުގެ ދަށުން ހަސަނު ކަށަވަރު ކޮށްދޭނެ އެވެ.

ނޯޓު: މިއީ އެލައިޑު އިންޝުއަރެންސްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.