29 ޑިސެމްބަރ 2022
ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް) އިން ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް އަންނަ އަހަރު ބާއްވަން ނިންމައިފި އެވެ.
ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް) އިން ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް އަންނަ އަހަރު ބާއްވަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ޕްރޮގްރާމްތަކުގައި ހާރިޖީ ސިޔާސަތާއި އެ ސިޔާސަތާ ގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށާއި ސްކޫލް ކުދިން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މި އަހަރުގެ އޮކްޓޯބަރު 27 ގައި އަމަލުކުރަން ފެށި ރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައިވާ ގޮތުން، ފޮސިމްގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި އެ ސިޔާސަތާ ގުޅޭ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރު ވުޒާރާތަކާއި ސްކޫލުތަކާއި އަދި ޔުނިވާސިޓީތަކުގެ ދަރިވަރުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ދައުވަތު މިނިސްޓްރީތަކާއި ގައުމީ ޔުނިވާސިޓީއަށް މިހާރު ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
"އައުޓްރީޗް ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ބައިލެޓެރެލް މަލްޓިލެޓެރަލް ގުޅުންތަކާއި ކޮމާޝަލް ޑިޕްލޮމަސީ އާއި ކޮންސިއުލާ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ފޮރިން ސާވިސްގެ ގާނޫނާ އެކު، ކުރިން ފޮރިން މިނިސްޓްރީގެ ދަށުން ހިންގައިމުން އައި ފޮސިމް މިހާރު ވަނީ އަމިއްލަ ބާރުލިބިގެން ހިންގާ އިދާރާއަކަށް ބަދަލުވެފަ އެވެ.
ފޮރިން ސާވިސް ވަކިކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި
ހާރިޖީ ދާއިރާއަށް އެމްއެންޔޫއިން މީހުން ތަމްރީން ކުރަނީ
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި