Roadha Mihaaru
ކުޑަކުއްޖަކާ ބެހުނު ޓީޗަރަކު 15 އަހަރަށް ޖަލަށް

ކުޑަކުއްޖަކާ ބެހުނު ޓީޗަރަކު 15 އަހަރަށް ޖަލަށް

25 ޑިސެމްބަރ 2022

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދ. ހުޅުދެލީ މީހެއްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ ކައިރިއަށް ގުރުއާން ކިޔަވަން ދިޔަ ކުއްޖެއް ކައިރީގައި "ވަރަށް ލޯބިވޭ" އޭ ބުނެ، އެ ކުއްޖާގެ މޭމަތީގައި އަތްލާފައިވާ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ.

އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 13 އަހަރާއި އަށް މަހުގެ ޖަލު ހުކުމެކެވެ.