25 ޑިސެމްބަރ 2022
މި ފަހަރުގެ ސްކޫލް ބަންދާ ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.
މި ފަހަރުގެ ސްކޫލް ބަންދާ ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ، އެއީ ފުރަތަމަ ޓާމްގެ ބަންދާ ދިމާކޮށް ގިނަ ބަޔަކު ކަނޑުމަގުން ރަށްރަށް ދަތުރުކުރާތީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.
"އޮޕްސް ހަޅަ" ގެ ނަމުގައި ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާނެ ކަމަށް ސިފައިން ބުންޏެވެ.
އެ އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ ކަމަށް ވެސް ސިފައިން ބުންޏެވެ.
ސްކޫލު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ހިންގަނީ -- ފޮޓޯ: އެމްއެންޑީއެފް
"އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ،" ސިފައިން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ފެށި މި އޮޕަރޭޝަން އަންނަ މަހު އަށަކާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ސްކޫލް ބަންދާ ދިމާކޮށް އާންމުކޮށް ކޮންމެ އަހަރަކު ވެސް ކަނޑުއުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަންތައް ސިފައިން އަންނަނީ ހިންގަމުންނެވެ.
އޮޔާ ދިޔަ ޑިންގީއަކުން ބިދޭސީންތަކެއް ސަލާމަތްކޮށްފި
ސީޝެލްގެ މަސް ބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި
ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރާނަން: ރައީސް
ކަނޑުގެސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ގާއިމްކުރަނީ
ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ އުޅަނދުތައް
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލައަށް ބަލަހަައްޓަނީ
30މީހުންނާއެކު ދަތުރުކުރި ލޯންޗެއްދިޔަވާތީ އެހީތެރިވަނީ
ބޯޓުން ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ރާޅާ އަޅަނިކޮށް ގެއްލުނީ ކޮޅިގަނޑެއްގައި ޖެހިގެން!
އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ