Roadha Mihaaru
ޗައިނާ-ރާއްޖެ 50 ގިނަ ބަޔަކާ އެކު ބްރިޖުމަތީގައި

ޗައިނާ-ރާއްޖެ ގުޅުން ރަމްޒުކޮށްދޭ ދުވުމެއް 300އަށް ވުރެ ގިނަ ބައިވެރިންނާ އެކު ބާއްވައިފި

24 ޑިސެމްބަރ 2022

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން ސިނަމާލޭ ބްރިޖުގައި ބޮޑު ދުވުމެއް މިއަދު ހެނދުނު ބާއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން ސިނަމާލޭ ބްރިޖުގައި ބޮޑު ދުވުމެއް މިއަދު ހެނދުނު ބާއްވައިފި އެވެ.

ޗައިނާގެ އެހީގައި އަޅާފައިވާ ސިނަމާލެ ބްރިޖުގައި ބޭއްވި އެ ދުވުމުގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މިނިސްޓްރީތަކުންނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ޗައިނާގެ މަސައްކަތްތެރިން ވެސް ހިމެނެ އެވެ.

އެ ހަރަކާތުގައި ރާއްޖޭގެ އެންޖީއޯތަކުގެ ތެރޭގައި ހިމެނޭ ބައިކް މޯލްޑިވްސް އާއި ވިލި ޖޯލި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެސޯސިއޭޝަނުން ވެސް ބައިވެރިވި އެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ސިނަމާލޭ ބްރިޖުގައި ބޭއްވި މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ރަންގައި ބަަޔަކު ދުވަނީ. .-- ފޮޓޯ: ޗައިނާ އެމްބަސީ

އެ ހަރަކާތަށް ފަހު ޗައިނާގެ އެމްބެސެޑަރު ވަންގް ލިޝިންގް ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި މިއީ އެ ހަރަކާތްތަކުގެ ފެށުމެއް ކަމަށެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ މުނާސަބާ ފާހަގަކުރުމަށް ސިނަމާލޭ ބްރިޖުގައި ބޭއްވި މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ރަންގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޗައިނާ އެމްބަސީ

މި ހަރަކާތުގައި ބައިވެރިވި އެންމެ ހަގު ބައިވެރިއަކީ 18 މަހުގެ ކުއްޖެކެވެ. އެހެންވެ އެއީ އަސަރުކުރުވި ވަގުތުކޮޅެއްގެ ގޮތުގައި ސިފަކުރައްވައި އެމްބެސެޑަރު ވިދާޅުވީ އެކަމުން އެނގިގެންދަނީ ޗައިނާ އާއި ރާއްޖޭގެ ގުޅުން މީހުން ބަލައިގަންނަ ކަމެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރުން ފާހަގަކުރުމަށް ސިނަމާލޭ ބްރިޖުގައި ބޭއްވި މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ރަންގައި ބަޔަކު ދުވަނީ. -- ފޮޓޯ: ޗައިނާ އެމްބަސީ

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރުން ފާހަގަކުރުމަށް ސިނަމާލޭ ބްރިޖުގައި ބޭއްވި މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ރަންގައި ބަޔަކު ދުވަނީ. -- ފޮޓޯ: ޗައިނާ އެމްބަސީ

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން ފާއިތުވި މުއްދަތުގައި ދަމަހައްޓާފައި ވަނީ ވަރަށް ރަނގަޅަށެވެ. އެއް ގައުމުން އަނެއް ގައުމާ މެދު ވަރަށް ހަމަހަމަކަމާ އެކު އަމަލުކުރަމުން އަންނަ ކަމަށާއި ކޮންމެ ދަނޑިވަޅެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދީ ޗައިނާ-ރާއްޖެ، ދުނިޔެއަށް ދައްކައިދީފައި ވަނީ އެކުވެރިކަމުގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާއިތުވި އަހަރުތަކުގައި މިގުޅުމުގެ ސަބަބުން ގިނަ ކަންތައްތަކެއް ކާމިޔާބުވި. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ އިން ވެސް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެވުނު. ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގާތްކަން ފެންނަ، ލޭންޑްމާކް ޕްރޮޖެކްޓެއް." ބްރިޖުގެ ސަބަބުން އެތައް ޖީލަކަށް ޗައިނާ-ރާއްޖެ ގުޅުން ދެމިގެންދާނެ ކަމަށް ފާހަގަކުރައްވަމުން އެމްބެސެޑަރު ވިދާޅުވި އެވެ.

އެމްބެސެޑަރު ވިދާޅުވީ ޗައިނާ އިން ކުރިއަށް ގެންދާ ވެލާނާ އެއާޕޯޓްގެ މަސައްކަތްތަކާއި ސޯޝަލް ހައުސިން މަސައްކަތްތަކަކީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭނެ މަސައްކަތްތަކެއް ކަމަށެވެ.

ޗައިނާ-ރާއްޖެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 22 ގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ސަފީރު ވަނީ ރާއްޖެއަށް ގޯލްޑަން ޖުބިލީގެ ހަނދާނީ ފިލައެއް އަރުވައިފަ އެވެ.