Roadha Mihaaru
ނިޝާމާގެ ޕޯސްޓްމޯޓަމް ރިޕޯޓު ދެ ދުވަސްތެރޭ ލިބޭނެ

ނިޝާމާގެ ޕޯސްޓްމޯޓަމް ހަދައިފި، ދެ ދުވަސްތެރޭ ރިޕޯޓު ލިބޭނެ

22 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދައިފި އެވެ.

މަރުވިތާ 12 ދުވަސް ފަހުން، އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލީ އިއްޔެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ނިޝާމާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ދެ ދުވަސްތެރޭ ލިބޭނެ ކަމަށެވެ.

ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ، 29،ގެ މަރުގެ ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެކަން ތަހުގީގުކުރަން އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހުމުން، ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ.

ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ވެސް ދެކޮޅު ހެދި އެވެ.

އެ އާއިލާއިން ބޭނުން ނުވި ނަމަވެސް އެއީ ޝައްކު ކުރެވޭ މަރަކަށް ވާތީ، ފުލުހުން ބޭނުން ނަމަ ޕޯސްޓްމޯޓަމް ހެދޭނެ އެވެ. ދިވެހިންގެ ޕޯސްޓްމޯޓަމް ހަދަނީ އިންޑިއާ އަށް ފޮނުވައިގެންނެވެ. މި އަހަރު އެކަނި ވެސް ތިން މީހެއްގެ ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ.