18 ޑިސެމްބަރ 2022
ބެންގަލޫރު (ޑިސެމްބަރު 18) - ފައިނަލުގައި ބަންގްލަދޭޝްގެ މައްޗަށް 120 ލަނޑު ކުރި ހޯދައި، ލޯފަން މީހުންގެ ޓީ 20 ކްރިކެޓް ވޯލްޑް ކަޕް ވިދިވިދިގެން ތިންވަނަ ފަހަރަށް އިންޑިއާއިން ހޯދައިފި އެވެ.
ބެންގަލޫރު (ޑިސެމްބަރު 18) - ފައިނަލުގައި ބަންގްލަދޭޝްގެ މައްޗަށް 120 ލަނޑު ކުރި ހޯދައި، ލޯފަން މީހުންގެ ޓީ 20 ކްރިކެޓް ވޯލްޑް ކަޕް ވިދިވިދިގެން ތިންވަނަ ފަހަރަށް އިންޑިއާއިން ހޯދައިފި އެވެ.
އިއްޔެ ބެންގަލޫރުގެ ޗިންނާސުވާމީ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާގެ ކެޕްޓަން އަޖޭ ކުމާރު ރެޑީ އާއި ސުނިލް ރަމޭޝް ވަނީ ކޮންމެ ކުޅުންތެރިޔަކު ސެންޗްރީ ހަދައިފަ އެވެ. ރަމޭޝް ވަނީ 63 ބޯޅައިން 136 ލަނޑު ހަދައިފަ އެވެ. އޭނާ ވަނީ 24 ފަހަރު ހަތަރަކަށް އަދި އެއްފަހަރު ހަޔަކަށް ޖަހައިފަ އެވެ. ރެޑީ ވަނީ 50 ބޯޅައިން 100 ލަނޑު ހަދައިފަ އެވެ. އޭނާ ވަނީ 18 ފަހަރު ހަތަރަކަށް ޖަހައިފަ އެވެ.
އެ ދެ ކުޅުންތެރިން ވަނީ 20 އޯވަރު ތެރޭގައި ޖުމުލަ 248 އަށް ލަނޑު ހަދައިފަ އެވެ.
ބަންގްލަދޭޝްގެ ކުޅުންތެރިން ކުޅެން އަރައި 20 އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. އެ ޓީމުގެ ސަލްމާން ވަނީ 77 ލަނޑު ހަދައިފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ޓީމުން ޗެމްޕިއަންކަން ހޯދުމުން 3،700 ޑޮލަރު ވަނީ އިނާމު ފައިސާގެ ގޮތުގައި ލިބިފަ އެވެ. ބަންގްލަދޭޝް އަށް ވަނީ 1،800 ޑޮލަރު ލިބިފަ އެވެ.
ރާހުލް ޑްރަވިޑާއެކު ކުރިއަށްދާން އިންޑިއާއިން ނިންމައިފި
އިންޑިއާގެ ކްރިކެޓް ޓީމް ރާއްޖެ އައުމަށް ދައުވަތުދީފި
އިންޑިއާވީ ހިތްދަތި، ދުނިޔޭގެ ޗެމްޕިއަނަކީ އޮސްޓްރޭލިއާ
ރެކޯޑް މުގުރާލައި އިންޑިއާ ގޮވައިގެން ކޯލީ ފައިނަލަށް
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ
ކުޅުންތެރިޔަކު ދަނޑުގައި ނަމާދުކުރުމުން މައްސަލައަކަށް
މެޗުގެ ކުރިން ސަޕޯޓަރުން ނިދީ ހޮސްޕިޓަލްތަކުގައި
ތިން އަހަރަށް ފަހު ވިރާތު ކޯލީ ޓެސްޓް ސައްތައެއް ހަދައިފި
އިންޑިއާ މޮޅުވިއިރު ޕާކިސްތާން ހިތްދަތިގޮތަކަށް ބަލިވެއްޖެ
ޕާކިސްތާނަށް ގުރޫޕްގެ އެއްވަނަ، އިންޑިއާ ކަޓައިފި