Roadha Mihaaru

އިންޑިއާގެ ޓެސްޓް ކްރިކެޓް ކެޕްޓަނަކަށް ޝުބްމަން ގިލް ހަމަޖައްސައިފި

ރޯހިތު ޝަރުމާ ރިޓަޔާކުރުމުން ހުސްވެފައިވާ، އިންޑިއާގެ ޓެސްޓް ކްރިކެޓުގެ ކެޕްޓަންގެ މަގާމަށް ޝުބްމަން ގިލް ހަމަޖައްސައިފި އެވެ.

އިންޑިއާގެ ޓެސްޓް ކްރިކެޓް ކެޕްޓަނަކަށް ޝުބްމަން ގިލް ހަމަޖައްސައިފި

ރޯހިތު ޝަރުމާ ރިޓަޔާކުރުމުން ހުސްވެފައިވާ، އިންޑިއާގެ ޓެސްޓް ކްރިކެޓުގެ ކެޕްޓަންގެ މަގާމަށް ޝުބްމަން ގިލް ހަމަޖައްސައިފި އެވެ.

ޝުބްމަންގެ ކެޕްޓަންކަމުގައި އިންޑިއާ އިން އެންމެ ފުރަތަމަ ވާދަކުރާނީ އަންނަ މަހު އިންގްލެންޑުގައި އޮންނަ ޓެސްޓް ޓުއާގަ އެވެ.

ރޯހިތުގެ އިތުރުން، ކުޅަދާނަ ބެޓްސްމަން ވިރާތު ކޯލީ ވެސް ވަނީ ޓެސްޓް ފޯމެޓުން ރިޓަޔާކޮށްފަ އެވެ. އެހެންކަމުން އުމުރުން 25 އަހަރުގެ ޝުބްމަން އަށް އޮތީ ވަރަށް ބޮޑު ޒިންމާއެކެވެ.

އިންޑިއާގެ ޗީފް ސިލެކްޓަރު އަޖިތު އަގަރްކާރް ބުނީ ޝުބްމަން އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާގެ ފަރާތުން ކުރިއެރުން ފެންނަ ކަމަށެވެ.

"ޔަގީނުން ވެސް ޕްރެޝަރު ބޮޑު ޒިންމާއެއް މިއީ. އެކަމަކު އުއްމީދުކުރަނީ ރަނގަޅު ނިންމުން ކަމަށް މި ނިންމުނީ،"

ޝުބްމަން ވަނީ މިހާރު ކުރިއަށްދާ އައިޕީއެލް ޓީޓްވެންޓީ މުބާރާތުގެ ޕްލޭއޮފަށް ގުޖުރާތު ޓައިޓަންސް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އިންޑިއާގެ ޕަންޖާބަށް އުފަން ޝުބްމަން ޓެސްޓް ކެރިއަރު ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރު ގަ އެވެ. އޭނާ ވަނީ މިހާތަނަށް 297 މެޗު ކުޅެފަ އެވެ. އޭނާ ވަނީ މިހާތަނަށް ޓެސްޓް ފޯމެޓުގައި ފަސް ސައްތަ ހަދައިފަ އެވެ.

ކެޕްޓަންކަން ދޭނެ ކަމަށް ކުރިން ބެލެވުނީ ބާރު އުކުންތެރިޔާ ޖަސްޕްރީތު ބުމްރާ އަށެވެ. އެކަމަކު ލަފާކުރެވޭ ގޮތުން، އޭނާ އަށް އެ ޒިންމާ ނުދިނީ ބޮޑު އިންޖަރީއަކުން ރިކަވާވުމުގައި އުޅޭތީ ހުރިހާ މެޗެއްގައި ނުކުޅެވޭތީވެ އެވެ.

ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރިޝާބް ޕާންޓެވެ.