Roadha Mihaaru
ޒިޔަދަމްގެ މަރު: ހަތް އަހަރު ފަހުން ކުށް ސާބިތުވެއްޖެ

ޒިޔަދަމްގެ މަރަށް ހަތް އަހަރު ފަހުން ދެ މީހުންނަށް ކުށް ސާބިތުވެއްޖެ

18 ޑިސެމްބަރ 2022

މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ދެ މީހުންގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ދެ މީހުންގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.

މުންޑޫގައި މާޗް، 2015 ވަނަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އެވެ

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް އެ މީހުންނަށް އަދަބު ކަނޑައަޅާނީ ވާރިސުންގެ ބަސް ހޯދުމަށްފަހު އެވެ. ވާރިސުންގެ ބަސް ނަގާނީ ފަހުންނެވެ.

މަރުގެ ހުކުމް އިއްވޭނީ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ އެވެ.

އެ މައްސަލާގައި ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ކުރި އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީގެ ދައުވާ އެވެ. އެ ދެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ.