17 ޑިސެމްބަރ 2022
ގުޅިގަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެކަކު ގެއްލިފައިވާ ކަމަށާއި އެކަމަކު ރޯވި ތަނުން އެއްވެސް މީހެއްގެ ހަށިގަނޑު ސިފައިންނަށް ނުފެނުނު ކަމަށް ތިލަ-މާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މިއަދު ބުނެފި އެވެ.
ގުޅިގަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެކަކު ގެއްލިފައިވާ ކަމަށާއި އެކަމަކު ރޯވި ތަނުން އެއްވެސް މީހެއްގެ ހަށިގަނޑު ސިފައިންނަށް ނުފެނުނު ކަމަށް ތިލަ-މާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ގުޅިފަޅުގައި އަލިފާން ރޯވި ތަނުގައި ތިބި 457 މުވައްފުންގެ ތެރެއިން އެކަކު މަދު ކަމަށެވެ.
އެ މީހާ ހޯދުމަށް ސަލާމަތީ އިދާރާތަކުން ކުރި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ.
ފުލުުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ތަނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 78 މީހަކަށް އެކި ވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ކުދި ކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވެ އެވެ.
އެފްކޮންސް އިން ބުނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަންނައުނާއި ސޫޓް ކޭހާއި މޮބައިލް ފޯނު އަދި މާލީގޮތުން ވެސް އެހީވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މުވައްޒަފުންނަށް ދޭންޖެހޭ މުސާރައެއް ނުދީ ނުހުންނާނެ. ހުރިހާ އުޖޫރައެއް ވަގުތުން ދެންް،" އެފްކޮންސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައްތައް ކަމަށެވެ.
"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދޭ ކަމެއް. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންނަށް ދިމާވާ ހުރިހާ ނުރައްކަލެއް ސީރިއަސްކޮށް ބަލައި ރަނގަޅަށް ތަހުގީގު ކުރަން." އެފްކޮންސް އިން ބުންޏެވެ.
ކާކުގެ ކަށިތަކެއްކަން އެނގޭނީ ޑީއެންއޭ ހެދުމުން
އަލިފާނުގެ ހާދިސާ ގެއްލުނު މީހާގެ ވަނަރު އާންމެއްނުކުރި
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ބްރިޖު މަސައްކަތްކުރާ ބިދޭސީ މަރުވި މައްސަލަ ބަލަނީ
އެފްކޮންސްގެ ޖޫރިމަނާ ނުދެއްކުމުން އީޕީއޭ އިން ކޯޓަށް
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"