08 ޑިސެމްބަރ 2022
ލަންޑަން (ޑިސެމްބަރު 8) - އޭނާގެ ގެ އަށް ބަޔަކު ވަދެ، ފަޅާލައި ގެއިން ވައްކަން ކުރުމާ ގުޅިގެން، ވޯލްޑް ކަޕްގައި ކުޅޭ އިންގްލެންޑްގެ ސްކޮޑް ދޫކޮށް ގައުމަށް ދިޔަ ފޯވާޑް ރަހީމް ސްޓާލިން އަނބުރާ ޓީމާ ގުޅެން ގަތަރަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ލަންޑަން (ޑިސެމްބަރު 8) - އޭނާގެ ގެ އަށް ބަޔަކު ވަދެ، ފަޅާލައި ގެއިން ވައްކަން ކުރުމާ ގުޅިގެން، ވޯލްޑް ކަޕްގައި ކުޅޭ އިންގްލެންޑްގެ ސްކޮޑް ދޫކޮށް ގައުމަށް ދިޔަ ފޯވާޑް ރަހީމް ސްޓާލިން އަނބުރާ ޓީމާ ގުޅެން ގަތަރަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޗެލްސީ އަށް ކުޅޭ ފޯވާޑް އިންގްލެންޑްގެ ޓީމު ދޫކޮށް ގައުމަށް ދިއުމާ ގުޅިގެން، ގަދަ 16 ގައި އިންގްލެންޑުން 3-0 އިން ސެނެގާޅް ބައްދަލުކުރި މެޗުގައި ޓީމުގައި ނުހިމެނުނަސް، ކުއާޓާ ފައިނަލްގައި ފްރާންސާ ދެކޮޅަށް ތައްޔާރުވާން ޓީމާ ގުޅެން އޭނާ ގަތަރަށް ދާނެ ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
އިނގިރޭސި އެފްއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އާއިލީ ކަމެއްގައި ވަގުތީ ގޮތުން ޓީމު ދޫކޮށް ދިޔަ ފޯވާޑް، ކުއާޓާ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، މާދަމާ [ހުކުރު ދުވަހު] ގަތަރުގެ އަލް ވަކްރާ ގައި ކޭމްޕް ކޮށްފައިވާ އިނގިރޭސި ސްކޮޑާ ގުޅޭނެ ކަމަށެވެ.
މިއަދަކީ ސްޓާލިންގެ އުމުރުން 28 އަހަރު ފުރުނު ދުވަސް ވެސް މެ އެވެ. އޭނާ އަކީ އުމުރުން 17 އަހަރުން ފެށިގެން މެދުނުކެނޑި ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ސްޓާލިން ވަނީ މިހާތަނަށް ގައުމީ ޓީމަށް 81 މެޗު ކުޅެދީ 20 ގޯލު ޖަހައިދީފަ އެވެ.
އޭނާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕަކީ 2014 ވަނަ އަހަރު ބްރެޒިލް ގައި އޮތް މުބާރާތެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް މުބާރާތުގައި ސެމީ ފައިނަލް ކުޅުނު ޓީމުގައި ވެސް ސްޓާލިން އަކީ މުހިއްމު ކުޅުންތެރިއެކެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސްޓާލިން ވަނީ އީރާން ކޮޅަށް ގޯލެއް ވެސް ޖަހައިފަ އެވެ. އެއީ އޭނާ ވޯލްޑް ކަޕް ގައި މިހާތަނަށް ޖެހި ފުރަތަމަ ލަނޑެވެ.
ކުއާޓާ ފައިނަލް ގައި އިންގްލެންޑުން ފްރާންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާއިރެވެ.
ސްޓާލިންގެ ގެ ފަޅާލުމުން ވޯލްޑް ކަޕު ދޫކޮށް ރަށަށް
"ކޮވިޑް-19 އެކޭ އެއްގޮތަށް ރޭސިޒަމް ނައްތާލަންޖެހޭ"
އިނގިރޭސި ސްކޮޑުން ސްޓާލިން ބޭރުކޮށްފި
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސަޕޯޓަރުންނަށް ރައިސް އާއި ގްރީލިޝް ވީ ހަތުރުންނަށް
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ
ލޯނު އުސޫލުން ސަންޗޯ ޗެލްސީއަށް، ސްޓާލިން އާސެނަލަށް
ކުރީގެ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ