Roadha Mihaaru
ނަހުލާއަށް ތުހުމަތުކުރި މައްސަލަ އޭސީސީން ބަލަނީ

ވެހިކަލް ކޮރަޕްޝަންގައި ނަހުލާއަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ބަލަނީ

06 ޑިސެމްބަރ 2022

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އުފެދިފައިވާ މައްސަލަގަނޑުގެ ތެރެއިން ވެހިކަލްތަކާ ގުޅޭ ކޮރަޕްޝަންގައި މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އުފެދިފައިވާ މައްސަލަގަނޑުގެ ތެރެއިން ވެހިކަލްތަކާ ގުޅޭ ކޮރަޕްޝަންގައި މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ނަހުލާ އާއި އެ މިނިސްޓްރީގެ މުވައްޒަފަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި އޮތީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީގެން މާލީ ތަނަވަސްކަން ހޯދަމުންދާ ކަމަށް ބުނެ އެވެ.

ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އެ މައްސަލަ ބަލައިގަނެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށާފައިވާ ކަމަށެވެ. ތަހުގީގު ހިނގާތީ ތަފްސީލެއް ނުދެއްވަ އެވެ.

ކޮމިޝަނަށް ހުށަހަޅާފައި އޮތީ މައްސަލައާ ގުޅޭ ލިޔެކިޔުންތަކާ ވެސް އެކުގަ އެވެ. އެ ލިއުންތަކުގައި ގާނޫނާ ހިލާފަށް އުޅަނދުތައް ރަޖިސްޓަރީ ކޮށްދީފައި އޮތީ މިނިސްޓަރުގެ ހުއްދައާ އެކު ކަމަށް ބުނެފައިވެ އެވެ.

Transport: Las hidhumathuge namoonaa 1 office

Transport: Las hidhumathuge namoonaa 1 office

The most trusted news source in the Maldives

Mihaaru

ޓްރާންސްޕޯޓް މިނިސްޓްރީގެ ލަސް ހިދުމަތާއި އެތަނުގެ ތެރޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ލިއުނު ރިޕޯޓެއް.

ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމުގައި މިނިސްޓްރީ ތެރޭގައި ތިބި ބަޔަކު ހިންގާ ކަމަށް ތުހުމަތުކުރާ ހިޔާނާތާއި އެ ނޫން ވެސް މައްސަލަތައް މީގެ ކުރިން ވެސް އޭސީސީއަށް ހުށަހަޅާފައިވެ އެވެ. ބައެއް މައްސަލަތައް ތަހުގީގު ނިންމައި އިސް މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ދައުވާ އުފުލަން ވެސް ފޮނުވާފައިވެ އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތިގެން ކަމަށް ނިންމައި ޕީޖީން ދައުވާއެއް ނުކުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެއީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ވެހިކަލުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި އަދި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ވެސް ހިމެނޭ ކަމަށް އިއުލާނުގައިވެ އެވެ.

ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު އޭނާ ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީގެ މައްސަލަތަކެއް ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގައި ނަހުލާ ވަނީ ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރައްވައިފަ އެވެ.

އެކަމަކު އެ ތުހުމަތުތައް ޝިމާޒް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްވެސް ކަމެއް މިނިސްޓަރަށް އެނގިވަޑައިގެން ނޫން ގޮތަކަށް ކުރައްވާފައި ނުވާނެ ކަމަށެވެ. ހަވާލުކުރި ޒިންމާގައި އަމަލުކޮށްފައި އޮންނާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވެސް ޝިމާޒް ވިދާޅުވެފައިވެ އެވެ.

"ތުހުމަތުތަކުން ބަރީއަވަން، މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ކުރެވޭ ގޮތަކަށް ނޫން މިނިސްޓްރީގެ ކަންކަން އިންތިޒާމުވެފައި އޮންނަނީ. ޒާތީ މައްސަލައެއްގައި އަޅުގަނޑަށް ތުހުމަތުތަކެއް ކުރަނީ،" ޝިމާޒް ވިދާޅުވި އެވެ.