26 ނޮވެމްބަރ 2022
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް މުވައްޒަފަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް މުވައްޒަފަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު ހުށަހެޅި މައްސަލައިގައި ބުނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަވަސްކަން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެކަމަށް ބާރުދޭ ލިޔުންތަކާއެކު އެ މައްސަލަ ބެލުމަށް އޭސީސީއަށް ހުށަހެޅީ ކަމަށް މަހުމޫދު "މިހާރު" އަށް ބުންޏެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ވަނީ 57 އުޅަނދެއް ރަޖިސްޓްރީކޮށްދިނުމުގައި ގަވައިދާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލުކޮށްދޭ ރިޕޯޓު ހުށަހަޅައިފަ އެެވެ.
ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ވެހިކަލް ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
އެ ސިޓީގައި ބުނީ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ގަވައިދުގެ ދެ ވަނަ އިސްލާހު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް، އެ އުޅަނދުތައް ރަޖިސްޓްރީކުރުމަށް، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދުގެ 1 ވަނަ އިސްލާހުގެ (ކ) ގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ (L-10) ހުށައަޅާފައިނުވާ ކަމަށް ބުންޏެވެ.
އެ އުޅަނދުތައް ރަޖިސްޓްރީކުރަން ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ސިސްޓަމަށް އެންޓްރީނުކޮށް އަދި ޖަވާބު ދިނުމަކާ ނުލައި އެ ތަކެތި ރަޖިސްޓްރީކޮށްދީފައިވަނީ، ސިޓީގައި ތުހުމަތުކުރި ގޮތުގައި ރުޝާނާ އެވެ.
"މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވެ އެވެ،" ސިޓީގައި ވެ އެވެ.
"މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ފުރާލައި ރާވައިގެން ރަޖިސްޓްރީކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގަ އެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީތަކުގެ އިބާރާތަށް އަދި ލިޔުމުގައި ބޭނުންކޮށްފައިވާ ފޮންޓު އަދި އުޅަނދުތައް އެތެރެކުރި ފަރާތްތަކަކީ އެއްބައެއްކަން އެނގެ އެވެ،"
ނަހުލާ އާއި ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ގަވާއިދާ ހިލާފަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އޭގެ ތެރެއިން 80 އަށްވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމުން ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް މި ވަގުތަށް ނުބެލުމަށެމަށެވެ.
އެކަމަކު، އެކަން ބަލައިނުގަނެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ޓްރާންސްޕޯޓުގެ އިސްވެރިންތަކަކަށް ދައުވާކޮށްދޭން އެދިއްޖެ
ޝިމާޒް މައްސަލައިގެ ތަފްސީލަށް މައުމޫން އެދިވަޑައިގެންފި
ނަހުލާއާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް
ކޮރަޕްޝަންގެ ތުހުމަތާ އަޅުގަނޑާ ގުޅުމެއް ނެތް: ރަފީއު
ނަހުލާއަށް ތުހުމަތުކުރި މައްސަލަ އޭސީސީން ބަލަނީ
ދައްކަނީ އަބުރުކަތިލުމުގެ ވާހަކަތަކެއް: ނަހުލާ
ޓްރާންސްޕޯޓުގެ އިސްވެރިންނަށް ދައުވާނުކުރަން ނިންމައިފި
ކޮރަޕްޝަން އަމަލެއްގައި ބައިވެރިވުމެއް ނޯންނާނެ: ހަމަދު
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
"އޭސީސީން ދެއްކީ ހަގީގަތާ ޚިލާފް ވާހަކަތަކެއް"