Roadha Mihaaru
އުމުރުން ދުވަސްވީ މީހަކަށް ޖިންސީ ފުރައްސާރަ!

ވައިކަރަދޫގައި 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ!

15 ނޮވެމްބަރ 2022

ހދ. ވައިކަރަދޫގައި އުމުރުން ދުވަސްވީ މީހަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ވައިކަރަދޫގައި އުމުރުން ދުވަސްވީ މީހަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ރަށުގެ އުމުރުން 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގެ ރިޕޯޓެއް މިދިޔަ ހުކުރު ދުވަހު ލިބިފައިވާ ކަމަށެވެ.

އެ ކަން ހިނގައި ދިޔަ ގޮތް ކިޔައި ދެމުން "މިހާރު" އަށް އަންހެންމީހާގެ ދަރިފުޅު، އިބްރާހިމް ވަހީދު ބުނީ އެ މީހާ އެ އަމަލު ހިންގީ މަންމަ އެކަނި ގޭގައި އުޅެނިކޮށް ކަމަށެވެ.

"އަޅުގަނޑާއި މަންމައާ އެކަނި ގޭގައި އުޅެނީ. އެ ދުވަހު އެކަން ހިނގިއިރު އަޅުގަނޑު ވީ މަހަށް ގޮސް. މަންމަ ބުނީ އެ ފިރިހެންމީހާ ގެއަށް ވަދެެ، ކާނެ އެއްޗެއް ދޭށޭ ބުނުމުން އެއީ ރަށުން ބޭރު މީހަކަށް ވާތީ އެކަން ކޮށްދޭށޭ އުޅުނީއޭ،" އޭނާ ބުންޏެވެ.

މަންމަ އެ މީހާ އަށް ކާން ހެދުމަށް ފަހު، ބެލިއިރު އެ މީހާ ހުރީ ބަރަހަނާ ހާލަތުގައި ކަމަށް އިބްރާހިމް ބުންޏެވެ.

"އެހެން ހުރެފައި އެ މީހާ މަންމަގެ ފަހަތުން ދުއްވައިގަތީ. މަންމަ ބިރުން ދުވަމުން ގޮސް އެންމެ ކައިރީގައި ހުރި ގެ އަށް ވަނީ. އެ ގޭގައި ހުރެފައި ދައްތަ ކައިރިއަށް ގޮސް އެ ވާހަކަ ކިޔައިދިނީމާ ދައްތަ ޕޮލިހަށް ރިޕޯޓުކުރީ،" އިބްރާހިމް ކިޔައިދިނެވެ.

"އަދިވެސް އޭނާ ހައްޔަރެއް ވެސް ނުކުރޭ. ފުލުހުން ބުނީ ކޯޓު އަމުރެއް ނެތީމަ ނެތޭ ހައްޔަރު ކުރެވޭކަށް. އޭނައާ އެ ދޯނިން އައި އިތުރު މީހަކު ޑިންގީ އަކަށް އަރައިގެން ރަށުން ފުރައިގެން ދިޔައިރު ވެސް އެންމެ ތިބީ ބަލަން ހަމަ. އޭރު ބަނދަރު މަތީގަ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ތިބި."

އިބްރާހިމް ބުނިގޮތުގައި އެއީ ށ. ނޫމަރާގެ މީހެއް ކަން ވަނީ އެނގިފަ އެވެ. އެ މީހާ މަސައްކަތް ކުރަނީ ލަނޑާ ނަގާ ދޯންޏެއްގައި ކަމަށެވެ.

އިބްރާހިމް ބުނީ ފުލުހަށް ރިޕޯޓު ކުރި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. މިފަދަ މީހުން ދޫވެފައި ތިބުމަކީ މުޖުތަމައަށް އޮތް ބިރެއް ކަމަށް ވެސް އޭނާ ބުންޏެވެ.