14 ނޮވެމްބަރ 2022
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އެތަނުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ މީހަކު ހައްޔަރުކުރީ އޭނާއަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ޕާޓީ ކުރަނިކޮށް ހައްޔަރުކުރީ އޭނާއާ ގުޅުން ހުރި އެހެން އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އެތަނުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ މީހަކު ހައްޔަރުކުރީ އޭނާއަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ޕާޓީ ކުރަނިކޮށް ހައްޔަރުކުރީ އޭނާއާ ގުޅުން ހުރި އެހެން އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާ ހަސަން ޝުޖާއު ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާ، 31، އާ އެކު ހުޅުމާލޭގެ އެޕާޓްމަންޓަކުންނެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ ޑީއީޑީގެ ފުލުހާ މެދު ޝައްކުވާ ކަންތައްތަކެއް ފާހަގަވުމުން އެކަން ބަލަމުން އަންނަތާ ދުވަސްކޮޅެއް ޥެއްޖެ އެވެ.
"އޭނާ ހުޅުމާލެއިން ހައްޔަރުކޮށް، ގުޅުން ހުރި ތަނެއް ފާސްކުރި އިރު އަނެއް ބަޔަކު ހައްޔަރުކުރީ މާލެ އިން،" ޔޫނުސް ވިދާޅިވި އެވެ.
ޝުޖާއު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރި ނަމަވެސް ފުލުހުންގެ އެދިގެން އޭނާގެ ބަންދު މަޖިލިސް ސިއްރުކޮށްފައި ވާތީ ބަންދާ މެދު ނިންމި ގޮތެއް އަދި އޭނާއަށް ކުރާ ތުހުމަތެއް ސާފެއް ނުވެ އެވެ. އެކަމަކު އޭނާގެ ލޯބިވެރިޔާ ސަފާ އަށް، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުކޮށް ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ. އެހެންވެ ބެލެވޭ ގޮތުން ދެ މީހުންނަށް ވެސް ކުރާނީ ދާދި އެއް ތުހުމަތުތަކެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝުޖާއުއަށް ޝައްކުވީ އޭނާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތާއި އޭނާގެ އަމަލުތަކުންނެވެ.
ޝުޖާއު މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށާއި އެއީ ޑީއީޑީގައި އުޅޭ ފުލުހަކަށް ވިޔަސް އެއްވެސް އިސްތިސްނާއެއް ނެތި އޭނާގެ ޖިނާއީ މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި ޝުޖާއު އަކީ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ޑްރަގްގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްކުރާ މީހަކަށް ވިޔަސް އެތެރޭގެ އިންތިޒާމްތައް ހުންނަ ގޮތުން އޭނާއަކަށް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޑްރަގްސް ނަގައި އޭގެ ބޭނުމެއް ނުކުރެވޭނެ އެވެ.
ސަފާގެ ބަންދު އަމުރުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ބުނެފައި ވަނީ ސަފާ ހައްޔަރުކޮށް ސުވާލުކުރުމުން، އޭނާ ހުރި ތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ސަފާ ވެސް ވަނީ އެގޮތަށް ކުރިން އެއްބަސްވި ކަމަށް ބުނެފަ އެވެ. އެކަމަކު ކޯޓުގައި ބުނީ އެގޮތަށް އެއްބަސްވެވުނީ ބިރުން ކަމަށެވެ.
އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނީ ޝުޖާއު އާއި ސަފާ ހައްޔަރުކުރި ތަނުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށާއި އެ ފައިސާ އަކީ ވެސް ސަފާގެ އެއްޗެހި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.
ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއެއް ކަމަށް ތުހުހުމަތުކުރާ މައްސަލާގައި މި ދެ މީހުން ހައްޔަރުކުރި ތަނުން ފެނުނު މަސްތުވާތަކެތީގެ އަދަދު، ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ، ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ފެތެ އެވެ. ކޯޓު އަމުގައި ބުނެފައި ވަނީ ފުލުހުންގެ ބަހުންނާއި ހުށަހަޅާފައިވާ ލިޔުންތަކުން ވެސް އެކަން އެނގޭ ކަމަށެވެ.
މި ދެ މީހުން ހައްޔަރުކުރި ރޭ، މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރުމުގެ ތުހުމަތަށް މާލޭގެ އެޕާޓްމަންޓަކުން ވެސް ބަޔަކު ހައްޔަރުކުރި އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ދެ އޮޕަރޭޝަންގައި 12 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ހިމެނެ އެވެ. މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރުމުގެ ތުހުމަތު މި މީހުންނަށް ކޮށްފައި ވާއިރު ހުނޭސާ އަކީ މިހާރު ވެސް މީގެ މައްސަލައެއްގައި ދައުވާ ލިބޭ މީހެކެވެ.
ޑްރަގް އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި
ޑްރަގްގެ މައްސަލައިގެ ދެ މީހުންގެ ބަންދު އިތުރުކޮށްފި
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާ ބަންދަށް
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ގާނޫނާ ހެދި 8 ޑްރަގަކާ މެދު ފިޔަވަޅެއް ނޭޅޭ
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ