13 ނޮވެމްބަރ 2022
މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމް، "މިހާރު"ގެ ފަސް ނޫސްވެރިއަކަށް ރޭ ލިބިއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމް، "މިހާރު"ގެ ފަސް ނޫސްވެރިއަކަށް ރޭ ލިބިއްޖެ އެވެ.
އެގާރަ ދާއިރާ އަކުން އެވޯޑު ދިން އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކެޓަގަރީއެއްގައި "މިހާރު"ގެ ނޫސްވެރިން ގަދަ ތިނެއްގައި ވާދަކުރި އެވެ. އަދި އެންމެ ގިނަ އެވޯޑު ހޯދި ނޫހަކަށް "މިހާރު" ވި އެވެ.
އެވޯޑު ލިބުނު "މިހާރު"ގެ ނޫސްވެރިންނާއި ދާއިރާތައް:
- ސިޔާސީ ދާއިރާ - ފަޒީނާ އަހުމަދު
- އިޖުތިމާއީ ދާއިރާ - މުހައްމަދު ހަމްދޫން
- ފޮޓޯ ޖާނަލިޒަމް - ނިޝާން އަލީ
- ފީޗާ ލިޔުމުގެ ދާއިރާ - ނަޖާހް މަސްއޫދު
- އަހަރުގެ އުންމީދީ ނޫސްވެރިޔާ - އާލިމް އަބްދުއްލަތީފު
މީގެ ތެރޭގައި، ބައެއް ނޫސްވެރިންނަށް އެވޯޑު ލިބިފައި ވަނީ، އެ ނޫސްވެރިން ކުރިން މަސައްކަތް ކުރި ތަންތަނުގައި ލިޔެފައި ހުރި އެއްޗިއްސަށެވެ.
އެމްއެމްސީން މި އެވޯޑު ދޭތާ 11 އަހަރު ވީއިރު، "މިހާރު" އަކީ ކޮންމެ އަހަރަކުހެން ވެސް އެންމެ ގިނަ އެވޯޑު ހޯދަމުން އަންނަ މީޑިއާ އެވެ. "މިހާރު"ގެ ނޫސްވެރިން ވަނީ ވަރަށް ގިނަ އަހަރުތަކުގައި، އަހަރުގެ މޮޅު ނޫސްވެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު" އަށް
"މިހާރު"ގެ މުހިންމު ތިން ލިއުމެއް އެއްވަނާގައި
އެވޯޑުގެ ނަޒާހަތްތެރިކަން ގެއްލުވާލުމުން ކަންބޮޑުވެއްޖެ
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ނޫސްވެރިކަމުގެ އެވޯޑު ޖަލްސާ ބުދަ ދުވަހަށް ފަސްކޮށްފި
ނޫސްވެރިކަމުގެ އިނާމު އަންނަ މަހުގެ 28 ގައި
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން