Roadha Mihaaru
ޒަކީގެ ޕާސްޕޯޓް މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް

ޒަކީގެ ޕާސްޕޯޓުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް

08 ނޮވެމްބަރ 2022

ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހިނގައްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމާއި ވަޒީރުކަން ވެސް ކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން ސިވިލް ކޯޓުން 2020 ވަނަ އަހަރު އަމުރެއް ނެރުނީ ހުކުމް ތަންފީޒު މައްސަލައެއްގަ އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު މައްސަލަ ބޭރުކޮށްލީ ދައުލަތަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ނިންމުމަށްފަހު އެވެ.

ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ،