08 ނޮވެމްބަރ 2022
މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހެން ގައުމުތަކުގެ އެއްބާރުލުން ނުލިބި ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހެން ގައުމުތަކުގެ އެއްބާރުލުން ނުލިބި ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިސްރުގައި މިހާރު ކުުރިއަށް ގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކޮންފަރަންސް، ކޮޕް 27 ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ނައިބު ރައީސް މިހެން ވިދާޅުވީ މި ފަހުން ދުނިޔެއަށް ކުރިމަތިވި މޫސުމީ ބަދަލުތަކާ ގުޅުން ހުރި ކާރިސާތައް ފާހަގަކުރައްވަމުންނެވެ.
ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެފްރިކާގެ ބައްރުގެ އެކި ގައުމުތަކަށް ކުރިމަތިވި ކާބޯތަކެތި ލިބުމުގެ ދަތިކަން ފަދަ ކަންކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
"މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށާއި ގައުމުތަކުގެ އެއްބާރުލުން ނުލިބި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލަ އަށް އެދެވޭ ހައްލެއް ހޯދުމަކީ ނާދިރު ކަމެއް،" ފައިސަލްއާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ނައިބް ރައީސް ފައިސަލް ނަސީމް، މިސްރުގެ ޝަރުމުއް ޝައިޚްގައި ބާއްވާ ކޮޕް27 ކޮންފަރެންސްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ކަނޑަކީ ދިވެހިންނަށް ކާނާގެ އިތުރުން އާމްދަނީ ވެސް ލިބޭ ވަސީލަތެއްކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފާހަގަވަނީ، މިހާރު ދިވެހި މަސްވެރިން މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ދަތުރު، އަހަރަކަަށް ވުރެ އަހަރެއް ދިގުވަމުންދާތީ ކަމަށް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ވަރަށް ތަފުސީލުކޮށް ނައިބް ރައީސް ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި؛
• ބޯފެން ލިބުން ދަތިވި، މީރުފެން އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީ އަށް ބަރޯސާވާން ޖެހިފައިވުން.
• އަވަސް އަވަހަށް މޫސުން ބަދަލުވުމާއި ރާޅުއެރުމާއި ފެންބޮޑުވުން.
• މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ހާދިސާތަކުގައި މީހުންގެ ގެދޮރާ ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބުން.
• ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އެއް އަސާސްކަމުގައިވާ މުރަކައިގެ ފަރުތައް ނާޒުކު ހާލަތެއްގައިވާކަން.
"...ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިހާރު އޮތީ އެންމެ 86 މަސްދުވަސްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި" ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮޕް 27 އަކީ ރާއްޖޭގެ ތަރައްގީގެ ޕްލޭންތައް ހިއްސާކުރަން ލިބޭ މުހިންމު ފުރުސަތެއް: ރައީސް އޮފީސް https://t.co/mZYPZQ77N4
— Mihaaru (@Mihaarunews) November 5, 2022
ކޮޕް-27އާ މެދު ރާއްޖެއިން އުއްމީދުކުރާ ބައެއް ކަންކަން ވެސް ނައިބް ރައީސް ހާމަކުރެއްވި އެވެ. އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތަށް ހޭދަކުރަން ކަނޑައަޅާފައިވާ، އަހަރަކު 100 މިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާސިލުވާން ކުރަން ޖެހޭ މަސައްކަތް ކުރުމެވެ.
މިސްރުގެ ޝަރުމުއް ޝައިޚްގައި ބާއްވާ އެ ކޮންފަރެންސަށް ނައިބް ރައީސް ވަޑައިގަތީ ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމަށާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ މަނިކުފާނާ އެކު ސަރުކާރުގެ އިސް ވަފުދެއް ވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރުއަޅައި، މަޝްވަރާކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ބާއްވާ ސަމިޓެކެވެ.
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ
މޫސުމީ ގެއްލުމުގެ ބަދަލު ދޭ ފަންޑު ހަދަނީ
ކޮޕް27 ގައި ތަރައްގީގެ ޕްލޭން ދުނިޔެއާ ހިއްސާކުރާނެ
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
ކޮޕް29 ސަމިޓުގައި މުހިންމު ލީޑަރުން ބައިވެރިއެއް ނުވޭ
ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ: ތޯރިގް
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދަން ވައުދެއް
ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް
ރާއްޖެ-ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފަށަނީ