03 ނޮވެމްބަރ 2022
އިއްޔެއަކީ ގިނަ ބަޔަކު "އައިޑޮލް" އެއްގެ ގޮތަށް ދެކެމުން އަންނަ މަޝްހޫރު ފިލްމީ ތަރި، ޝާހުރުކް ހާންގެ އުމުރުން 57 އަހަރު ވީ ދުވަހެވެ.
އިއްޔެއަކީ ގިނަ ބަޔަކު "އައިޑޮލް" އެއްގެ ގޮތަށް ދެކެމުން އަންނަ މަޝްހޫރު ފިލްމީ ތަރި، ޝާހުރުކް ހާންގެ އުމުރުން 57 އަހަރު ވީ ދުވަހެވެ.
ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއްތަރި ޝާހުރުކްގެ އުފަންދުވަހެވެ.
ފިލްމީ ދާއިރާ އަށް އޭނާ ނުކުތީ ޓީވީ ޝޯ "ފޯޖީ އެންޑް ސާކަސް" ކިޔާ ސީރީޒް އަކުންނެވެ. އަދި 1992 ވަނަ އަހަރު ބޮލީވުޑް ފިލްމް "ދީވާނާ" އިން ވަނީ ބޮލީވުޑަށް ތައާރަފު ވި އެވެ.
އެ އަށް ފަހު، ދިލް ވާލޭ ދުންހަނިޔާ ލޭ ޖައިގޭ، ކުޗް ކުޗް ހޯތާ ހޭ، ކަލް ހޯނަ ހޯ، ވީރް ޒާރާ އަދި މޮހައްބަތޭން ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުމަށް ފަހު، ޝާހުރުކް ވަނީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދައިފަ އެވެ.
ޝާހުރުކް، ދުވަސްކޮޅަކަށް ފިލްމީ ދާއިރާއާ ކުޑަކޮށް ދުރަށް ޖެހިލި އެވެ. އެންމެ ފަހުން އޭނާ ފެނިފައި ވަނީ ފިލްމު "ޒީރޯ" އިންނެވެ. ނަމަވެސް އެ ފިލްމު ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ.
ކުރިއަށް އޮތް ފިލްމު ތަކުގެ ތެރޭގައި ޕަތާން، ޖަވާން، ދުންކީ އަދި ޓައިގާ 3 ހިމެނެ އެވެ.
މި އަހަރުގެ މާޗު މަހު ވަނީ ޝާހުރުކްގެ ފިލްމް ޕަތާންގެ ވާހަކަ އިއުލާނުކޮށްފަ އެވެ. އިންސްޓްގްރާމަށް ޝާހުރުކް ޕޯސްޓް ކުރި ފޮޓޯގައި އޭނާ ހުރީ ފިލްމް ޕަތާން ގައި ފެންނަ ކެރެކްޓާގަ އެވެ. ސިދާތު އާނަންދު ޑައިރެކްޓު ކުރާ އެ ފިލްމުގައި ދެން ފެންނާނީ އަންހެން ފަންނާނު ދީޕިކާ ޕަޑުކޯންގެ އިތުރުން އެކްޓަރު ޖޯން އަބްރަހަމެވެ. އެ ފިލްމުގައި ސަލްމާން ހާންގެ ހާއްސަ ފެނިލުމެއް ވެސް އުޅެ އެވެ.
ފާތާން އަށް ފަހު ދެން އިވުނީ ފިލްމު ޖަވާންގެ ވާހަކަ އެވެ. ރެޑް ޗިލީ އެންޓަޓެއިންމަންޓުން އުފައްދާ އެ ފިލްމުގެ ޑައިރެކްޓަރަކީ އަތުލީ އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރު ޖޫން 2 ގަ އެވެ.
ޑައިރެކްޓަރު ރާޖު ކުމާރީއާއެކު ފަށާ ޕްރޮޖެކްޓަކީ ފިލްމް "ދަންކީ" އެވެ. އެ ފިލްމުގައި ޝާހުރުކްއާއެކު ފެންނާނީ ތާޕްސީ ޕަންނޫ އާއި ބޯމަން އިރާނީ އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 22 ގަ އެވެ.
ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އެކްޝަން ތުރިލާ ފިލްމް "ޓައިގާ 3" ގައި ޝާހުރުކްގެ ކުޑަ ރޯލެއް ވެސް ފެންނާނެ އެވެ.
"ޕަތާން" ފަހަތަށް ޖައްސާލާފައި "ޖަވާން" ކުރިއަށް
އިންޑިއާގެ އެންމެ ވަރުގަދަ ދެ ސްޓާރުން ކުރިމަތިލުމަކަށް
ޝާހުގެ "ޖަވާން" 1،000 ކްރޯޑް ރުޕީސް ހޯދައިފި
ފިލްމުތައް ގެއްލުނީ މެނޭޖަރާ ހެދި: އަމީޝާ
ޝާހުގެ އާ ފިލްމުގެ ލަވަތައް ހިތްތައް ފަތަހަކުރަނީ
ޝާހްރުކް ބޭނުންވާ ކަހަލަ ފިލްމެއް ލިބުނީ އަދި ކިރިޔާ
ސުހާނާ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ޓީޒާ ނެރެފި
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ޝާހްރުކްގެ ފިލްމެއް ބަލައިލަން ލިބޭނެ ދުވަހެއް ނޭނގޭ
ސަލްމާން "އިންޝާﷲ" ދޫކޮށްލި ސަބަބުތައް