Roadha Mihaaru
ސުހާނާ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ޓީޒާ ނެރެފި

ސުހާނާ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ޓީޒާ ނެރެފި

15 މެއި 2022

ބޮލީވުޑްގެ ސުޕަސްޓާރު ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު، ސުހާނާ ޚާން އާއި ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންޑާ ބޮލީވުޑަށް ނިކުންނަ ފިލްމު "ދަ އާޗީސް" ގެ ޓީޒާ ނެރެފި އެވެ. އެ ތިން އެކްޓަރުންގެ ފުރަތަމަ ފެނިލުން އާންމުކުރުމާ އެކު، އާއިލާގެ މެމްބަރުން ވަނީ މަރުހަބާގެ މެސެޖްތައް ފޮނުވަން ފަށައިފަ އެވެ.

ޓްވިޓާ މެދުވެރިކޮށް ސުހާނާގެ މަންމަ، ގޯރީ ޚާން ވަނީ އޭނާގެ ދަރިފުޅުގެ މަސައްކަތަށް ތައުރީފުކޮށް، އެ މީހުންނަށް ކާމިޔާބީ އަށް އެދިފަ އެވެ. އަދި އެ މީހުން ބޮލީވުޑަށް ނިކުންނަ ފިލްމު ޒޯޔާ އަކްތަރު ޑައިރެކްޓްކުރާތީ، ގޯރީ ބުނީ އެ ދަތުރުގައި އެ މީހުންނަށް އެހީވާން، ޒޯޔާ އަށް ވުރެ ރަނގަޅު މީހަކު ނެތް ކަމަށެވެ.

ފިލްމުގެ ޕޯސްޓަރުތަކާ އެކު ޓީޒާ ދޫކޮށްލުމުން ޝާހު، އޭނާގެ ދަރިފުޅު ސުހާނާ ޓެގްކޮށް ބުނީ، ދުވަހަކު ވެސް ޕާފެކްޓް ނުވެދާނެ ކަމަށާއި އެކަމަކު އަމިއްލަ ނަފުސަށް އިތުބާރުކޮށްފި ނަމަ، އެންމެ ޕާފެކްޓް ހިސާބަށް ދެވުން ކަހަލަ ވާނެ އެވެ.

އަބަދު ވެސް ހިތްހެޔޮކަން އިސްކުރުމަށާއި ކުރިއަށް ދިއުމަށް އޮތީ ވަރަށް ދިގު ދަތުރެއް ކަން ވެސް ސުހާނާ އަށް، ޝާހު ހަނދާންކޮށް ދިނެވެ. އަދި ވީވަރަކުން ވީހާ ވެސް ގިނަ ބަޔަކަށް ހިނިތުންވުން ގެނެސްދޭން މަސައްކަތްކުރުމަށް އެދި، ޝާހު ވަނީ ސުހާނާ އަށް ފިލްމީ ދާއިރާ އަށް މަރުހަބާ ކިޔައިފަ އެވެ.

ސުހާނާގެ އިތުރުން ހުޝީ ފިލްމީ ދާއިރާ އަށް ނިކުތުމުން އޭނާ ނިސްބަތްވާ ފިލްމީ އާއިލާ އިން ވެސް ވަނީ މަރުހަބާގެ މެސެޖްތައް ފޮނުވައިފަ އެވެ.

ހުޝީގެ ދައްތަ، އަދި އެކްޓްރެސް ޖާންވީ ކަޕޫރް ކުރި ޕޯސްޓެއްގައި ބުނީ ހުޝީ ފިލްމީ ދާއިރާ އަށް ނުކުންނާތީ ވަރަށް އުފާވާ ކަމަށެވެ. އަދި އަމީތާބު ބައްޗަން ވެސް ވަނީ އޭނާގެ ކާފަ ދަރިފުޅަށް މަރުހަބާ ކިޔައި ޕޯސްޓް ކޮށްފަ އެވެ.

މަޝްހޫރު އާޗީ ކޮމިކްސް އަށް ބިނާކޮށް ގެނެސްދޭ "ދަ އާޗީސް" އަކީ ލައިވް އެކްޝަން މިއުޒިކަލް ފިލްމެކެވެ. އެ ފިލްމު ނެރެނީ އަންނަ އަހަރު ނެޓްފްލިކްސް މެދުވެރިކޮށެވެ.