01 ނޮވެމްބަރ 2022
އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް ހެދުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް ހެދުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ.
އަރަބިއްޔާގެ ސްކޫލުގެ އާ އިމާރާތް ހެދުމަށް ބާ ޖަމާލުއްދީނު ހުރި ބިން ހުސްކޮށްފައިވީ ނަމަވެސް އިދިކޮޅު މެމްބަރު ތޯރިގު ކުރެއްވި ޓުވީޓެއްގައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ސްކޫލްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ، އަރަބިއްޔާ ސްކޫލު ނަމުގައި އިމާރާތެއް އެޅުމަށް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެނަމުގައި އިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތް. އަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި. ހިތާމަހުރި ކަމެއް. @DhiyaresNews @VaguthuOnline @Sangu_TV @Dhaurunews pic.twitter.com/d8dVeJRiXr
— Ahmed Thariq (@AhmedThaariq) November 1, 2022
"އަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި. ހިތާމަ ހުރި ކަމެއް،" ތޯރިގްގެ ޓުވީޓުގައި ވިދާޅުވި އެވެ.
ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސުކޫލުގެ އާ އިމާރާތާއި ޖަމާލުއްދީން ސުކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އަމިން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ގަ އެވެ.
ޖުމުލަ 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 168 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ހަރަދުތަކުގެ ވާހަކަ ހިމަނާފައި ނެތް މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ ސްކޫލަށް ހާއްސަކުރާ ދާއިމީ ބިމުގައި ޖަމާލުއްދީން ސްކޫލުުގެ ބައެއް ހަދާތީ، ޖާގައިގެ ދަތިކަން އަރަބިއްޔާގެ ކުދިންނަށް އިންތިހާ އަށް ބޮޑުވާނެ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެކަމަކު، ސަރުކާރުން އެ މައްސަލާގައި އަދި ހައްލެއް ހޯދައެއް ނުދެ އެވެ.
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ ޕްރިންސިޕަލްކަން ޝުޖާއުއަށް ދޭން އަންގައިފި
ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަކަށް ނުބުނަން:އަރަބިއްޔާ
އަރަބިއްޔާއަށް ޕްރިންސިޕަލަކު އައްޔަން ނުކުރަން އަމުރެއް
އަރަބިއްޔާ ނެތިކޮށްލަން އުޅޭކަމަށް ހީކުރުމަކީ ކުށްހީއެއް
އަރަބިއްޔާ އަށް އަބަދު ވެސް ޖެހެނީ ހަމަ މި ހާލު!
އަރަބިއްޔާގެ ކުދިން ކިޔަވަނީ ވަރަށް ހާލުގައި!
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން