29 އޮކްޓޯބަރ 2022
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ޖުމްލަ އަދަދަށް ވުރެ އިތުރުވެ، މި އަހަރު ނިމޭއިރު ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒުކޮށްފައިވާ އަދަދާ ގާތަށް ޖެހިލައިފި އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ޖުމްލަ އަދަދަށް ވުރެ އިތުރުވެ، މި އަހަރު ނިމޭއިރު ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒުކޮށްފައިވާ އަދަދާ ގާތަށް ޖެހިލައިފި އެވެ.
މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުކޮށްްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން މި އަދަދު ވަނީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވެފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު ނިމުމުގެ ކުރިން އެ އަދަދަށް ވާސިލްވާނެ ކަމަށް މިނިސްޓްރީން ލަަފާކުރެ އެވެ.
ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މި މަސް ތެރޭ އެވްރެޖްކޮށް ކޮންމެ ދުވަހަކު 5000 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން ވަނީ 186،388 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.
ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 159،657 ޓޫރިސްޓުން އައިސްފައިވެ އެވެ. ލިސްޓުގެ ތިން ވަނާގައި 144،566 ޓޫރިސްޓުންނާ އެކު އޮތީ އިނގިރޭސިވިލާތެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖެ އައި އަދަދު، މިދިޔަ އަހަރުގެ ޖުމްލަ އަދަދު ފަހަނައަޅައި ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ނަތީޖާއާ އެކު މިނިސްޓަރު ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އިންވެސްޓަރުންނާއި، އެހެނިހެން ސްޓޭކްހޯލްޑަރުންގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
4،700 ޓޫރިސްޓުންނާ އެކު އަހަރުގެ އާ ރެކޯޑެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި