23 އޮކްޓޯބަރ 2022
މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތައުލީމު ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ފަންޑް ކަމަށް ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)ގެ ބޯޑު މެމްބަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހޮވައިފި އެވެ.
މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތައުލީމު ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ފަންޑް ކަމަށް ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)ގެ ބޯޑު މެމްބަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހޮވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖީޕީއީގެ އޮލްޓަނޭޓް ބޯޑް މެމްބަރަކަށް އައިޝަތު އަލީ ހޮވީ، އެ ފަންޑުގައި އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރުމަށް ކަމަށެވެ.
ޖީޕީއީ އަކީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ތައުލީމީ ކަންކަން ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. އަދި އެއީ ބައިނަލްއަގުވާމީ ގޮތުން ހިންގާ އެފަދަ އެންމެ ބޮޑު ފަންޑެވެ. ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް މިހާރު ވެސް އެ ފަންޑުން އަންނަނީ މާލީ އެހީތެރިކަން ދެމުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި އައިޝަތު އަލީ އެ މަގާމަށް ހޮވާފައި ވަނީ އެ ބޯޑުގައި އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރުމަށް އޭނާގެ ނަން ހުށަހަޅައިގެންނެވެ. އަދި އެ ފަންޑުގެ ސެކްރެޓޭރިއޭޓުން ވިސްނުމަށް ފަހު، އެ ދާއިރާގެ މެމްބަރު ގައުމުތަކުގެ ތާއީދު ލިބޭތޯ އައިޝަތު އަލީގެ ނަން ފޮނުވި ކަމަށެވެ. އެ ދާއިރާގެ ހުރިހާ މެންބަރުން ވެސް މިނިސްޓަރަށް ތާއީދުކުރި ކަމަށް ބުންޏެވެ.
އެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
- ޖީޕީއީގެ ލަނޑުދަނޑިތައް ހާސިލުކުރެވެމުން އަންނަ މިންވަރު ބަލައި ވަޒަންކުރުން.
- ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ހުރަސްތައް ދެެނެގަތުން.
- ދުނިޔެ އަށް އަންނަމުން ދާ ބަދަލުތަކާ އެއްގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބަދަލުކުރުން.
ޖީޕީއީގެ ޑިރެކްޓަރުންގެ ބޯޑުން އެ ފަންޑުގެ ޕާޓްނާޝިޕްގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައަޅަ އެވެ. އެ ބޯޑުގައި ތަމްސީލުކުރަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ސަރުކާރުތަކާއި އެހީ ދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ވިޔަފާރިތަކާއި ފައުންޑޭޝަންތަކާއި މަލްޓިލޭޓަރަލް އެޖެންސީތަކާއި އަދި ސަރަހައްދީ ބޭންކުތަކުންނެވެ.
އެ ފަންޑަކީ ދުނިޔޭގެ ގައުމުތަކުގައި ތައުލީމު ދިނުމަށް ހުރި ހުރަސްތައް ނަތާލުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވަކާލާތުކުރާ ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
"ފާސްވާ ކުދިން މަދުވީ ހިސާބު ޖަހާގޮތް ބަދަލުކުރުމުން"
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން 241 މިލިއަން ރުފިޔާ
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން
ވިލާގެ ކުދިންނަށް ރަނގަޅުގޮތެއް ވޭތޯ ސަރުކާރުން ބަލަނީ
އެއްދަންފަޅި އަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް!