Roadha Mihaaru
ގަވައިދާ ހިލާފުވި 98 އުޅަނދުގެ ރަޖިސްޓްރީ ބާތިލް

ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި އިތުރު 100 އެއްހާ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފި

05 އޮކްޓޯބަރ 2022

ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި 100 އެއްހާ އުޅަނދުގެ ރަޖިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި 100 އެއްހާ އުޅަނދުގެ ރަޖިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ މި ފަހަރު ރަޖިސްޓްރީ ބާތިލްކުރީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ކަމަށެވެ.

އެއީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއް ކަން ފާހަގަވުމާ އެކު، އެ އެއްޗެހީގެ ރަޖިސްޓްރީ ބާތިލްކުރީ ކަމަށް އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ވަނީ އެ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ވެސް އެ އިއުލާނާ އެކު ވަނީ އާންމުކޮށްފަ އެވެ.

ގިނަ އަދަދެއްގެ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރިިއިރު، މިިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި 37 އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާއިރު، ގަރާޖު ސިޓީގެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއީ އެއް ގަރާޖެއްގައި، ގަވާއިދާ ހިލާފަށް އެތައް ސަތޭކަ ވެހިކަލެއް ރަޖިސްޓްރީ ކުރާ މައްސަލައިގަ އެވެ.