01 އޮކްޓޯބަރ 2022
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިއީ މި އަހަރުގެ މޭ މަހުގެ ތެރޭގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމަށް، ވިނޭ އައްޔަން ކުރެއްވި ފަހުން، އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިނިސްޓްރީން ބުނި ގޮތުގައި ވިނޭގެ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ދާނެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައްދަލުކުރައްވާނެ އެވެ.
އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބައިފި
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
އިންޑިއާގެ ފޮރިން މިނިސްޓަރު އައްޑުއަށް ވަޑައިގެންފި
ބޭރަށް ފޮނުވި ގިނަ ކެއާ ޕެކޭޖްތައް ހަވާލުކޮށްފި
އިންޑިއާ ސަފީރު، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރަން ރައީސްގެ ޔަގީންކަން