27 ސެޕްޓެމްބަރ 2022
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތްކުރާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަމުން ގެންދާތީ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތްކުރާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަމުން ގެންދާތީ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވައުދަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އަދި އެއީ "ޖަޒީރާ ރާއްޖެ މެނިފެސްޓޯ"ގައި އެމްޑީޕީން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިިރިއުޅޭ އެންމެހައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދެއް ކަމަށް ވިދާޅުވެފައި ވެ އެވެ.
މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ އެތައް ކަމެއް ވާ ކަމަށާއި މަލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އޭގެ ތެރެއިން އެއް ކަމެއް ކަމަށް އެ މައްސަލައިގައި ވެ އެވެ. އެހެން ނަމަވެސް، އެ މަގުތައް ހަދާއިރު މާލެއަކީ "ހިތްފަސޭހަ" ތަނަކަށް ހެދުމުގެ މަހްފޫމާއި ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހެދުމަކީ ކޮންމެހެން ވެސް ބޭނުންކަމެއް ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
މައްސަލައިގައި އިތުރަށް ވަނީ، އަމީނީ މަގު ހަދަން ފަށައިފައިވާއިރު އެ މަގުގައި މިހާރު މަސައްކަތްކުރާ ހިސާބުގައި ހުރި ހިޔާ ދޭ ބޮޑެތި ގިނަ ގަސްތައް ކަނޑަލައިފައިފައިވާ ކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި އެކަމުން އެތައް ސުވާލެއް އުފެދޭ ކަމަށާއި އަމީނީމަގު ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާ އެކު އެ ހިސާބުގައި ހުރި އެ ފަދަ ބިޔަ ގަސްތައް ކަނޑާލާނެތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައިވެ އެވެ.
"މުޅި މާލެއިން ކިހައި ގަހެއް ކަނޑައިގެންތޯ މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކުރަމުންދާ ސުވާލެކެވެ. އެ ގަސްތައް ނުކަނޑައި މަގުތައް ނުހެދޭނީތޯ އައި ކަނޑައިފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑާން ޖެހިގެން ކަނޑައިފައިވާ ގަސްތަކެއްތޯ ކުރަމުންދާ ބޮޑު ސުވާލެކެވެ،" އެ މައްސަލައިގައި ވެ އެވެ.
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ --
ހަސަން ލަތީފް ވިދާޅުވެފައި ވަނީ ރަށެއް ނުވަތަ ތަނެއް ހިތްފަސޭހަވުމަށް މެދުވެރިވާ އެތައް ސިފަތަކެއް ހުންނަ ކަމަށާއި އެންމެ މުހިންމު އެއް ސިފައަކީ ގުދުރަތީ ގޮތުން އެ ތަނެއް އުފެދިފައިވާ ގޮތަށް ބަލައި ބޮޑެތި ބަދަލުތައް ނުގެނެސް އެ ތަނެއް ތަރައްގީ ކުރުމުން ލިބޭ ހިތްހަމަޖެހުމައި ހިތްފަސޭހަކަން ކަމަށެވެ. ފިތުރަތުގެ ފުރިހަމަ ނިޒާމާއި އެއްކީއްޔަށް ގެނެވޭ ތަރައްގީން ލިބޭ ހިތްފަސޭހަކަމާއި ދެމެހެއްޓެނިވިކަން ކަމަށެވެ.
"އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ އަސާސަކީ ވެސް އެއީ އެވެ. އަމީނީމަގު ތަރައްގީ ކުރެވިގެންދާއިރު އެ މަގުގައި ހިރި ގުދުކަމާއެކު، އަދި އެ މަގުގެ ގަސްގަހާ ގެއްސަށް ޖާގަ ދިނުމާއެކު، އެ މަގު ހަދައި ގުދުރަތީ ސިފާ ނުގެއްލި އެ މަގުގެ ހިތްފަސޭހަކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެ އެވެ." ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފައިވަނީ އަމީނީ މަގުން ނަގާ ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރިއަށް ކަމަށެވެ. އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށް ފަހު، ކުޑަގިރި އަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި އިންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޑްރަގް ފަރުވާ ރަނގަޅުކުރަން ގޮވާލާ ގަރާރު ބޭރުކޮށްލައިފި
ނަޝީދުގެ 4 މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެދެނީ
"ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކޮށްލީ އެކަކު"
ވިޕް ނެރުނީ "ނޯ" ޖަހަން، އެކަމަކު ފާސްވި!
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
އިމްރާން ދެއްކެވީ ޑްރަގް ޑީލަރުންނަށް ފަހި ނިޒާމް
ވީއައިޕީން އެންމެ ގިނަ ދަތުރުކުރެއްވި މެމްބަރުން ހޯދަނީ
ފައިރޫޝް ރިޓަޔާކުރި ގޮތް ވަރަށް ގޯސް: ހަސަން ލަތީފު
ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދަނީ އެމްޑީޕީއަކުން ނޫން
ނަޝީދު އަދި ރާއްޖެ ވަޑައިގަތުން ރަނގަޅެއް ނޫން:ހަސަން