ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2022
ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
މުބާރާތުގައި 32 ސްކޫލަކުން 1000 އަަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ބައިކް މޯލްޑިވްސްގެ ޗެއާމަން ޒުލޭހާ ހަސަން ދީދީ ވިދާޅުވިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި ބައިސިކަލް ދުއްވުމަށް އޮތް ޝައުގުވެރިކަން އިތުރުކުރުމާއި ސައިކްލިންގެ ބައިންއަލްއަގްވާމީ މުބާރާތްތަކަށް ދިވެހި ކުދިން ތަމްރީންކުރުމެވެ.
މި މުބާރާތް ކުރިއަށް ދާނީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މުބާރާތުގެ އުމުރުފުރާތަކާއި ކެޓަގޮރީތައް ބެހިފަ ވާގޮތް
އެގާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން އޮތީ ހަމައެކަނި "ފަން ރައިޑް" އެކެވެ. އެ އުމުރުފުރާގެ ކުދިންނަށް ތިން ފުރޮޅުލީ ބައިސްކަލު ވެސް ބޭނުން ކުރެވޭނެ އެވެ. ބާކީ ހުރި ހުރިހާ އުމުރުފުރާއަކުން ވެސް 200 މީޓަރުގެ ސްޕްރިންޓް ރޭހެއް ޖަހާނެ އެވެ. އޭގެ އިތުރުން، 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ ކުދިން 1،000 މީޓަރު ދުއްވަން ހަމަޖެހިފާވާއިރު، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުދިން 3000 މީޓަރަށް ދުއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ބައިވެރިވާ ހުރިހާ ދަރިވަރުންގެ "ޓީމް ޕަސޫޓް" އެއްވެސް ކުރިއަށް ދާނެ އެވެ. "ފަން ރައިޑް" ފިޔަވައި ދެން ހުރި ވާދަވެރި ކެޓަގަރީތަކުން އަންހެން އަދި ފިރިހެން ބައިވެރިންގެ ތެރެއިން ވަނަތައް ހޮވައި، އެ ކުދިންނަށް ހަނދާނީ ލިއުމާއި ފިލާ ދޭނެކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ.
"މަމެން" އިންޓަސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިން ވަނަ މުބާރާތް ކުރިން ބާއްވަން ހަމަޖެހިފަ އޮތީ 2020 ވަނަ އަހަރު އެވެ. ނަަމަވެސް، ކޮވިޑްގެ ދުވަސްވަރު ދިމާވި ދަތިތަކާ ހެދި އެ މުބާރާތް ބޭއްވުން ފަސްކުރީ ކަމަށް ދިރާގުން ބުންޏެވެ.
"މަމެން" އިންޓަ ސްކޫލް ބައިސްކަލު ރޭސް ނިންމާލައިފި
"މަމެން" ސައިކްލިން ޗެމްޕިއަންޝިޕް މިމަހު 17 ގައި
ދިރާގުން ސްކޫލް ކުދިންނަށް ބައިސްކަލް ރޭހެއް ބާއްވަނީ
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ