12 ސެޕްޓެމްބަރ 2022
އިނގިރޭސި ވިލާތުގެ އަވަހާރަވެފައިވާ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ މިއަންނަ ހޯމަ ދުވަހު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ބާއްވާއިރު، ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ އަވަހާރަވެފައިވާ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ މިއަންނަ ހޯމަ ދުވަހު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ބާއްވާއިރު، ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފި އެވެ.
ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބޭފުޅުންނާ އެކު ވަފުދުތައް ހާޒިރުނުވުމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ އެދިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޖަނާޒާގެ ކަންތައް ކުރިއަށް ދާ ސަރަހައްދުތަކުގެ ޖާގައިގެ ދަތިކަމެވެ.
އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ފަރާތުން ރާނީގެ ޖަނާޒާގައި ބައިވެރިވާނީ ރައީސް ޖޯ ބައިޑެން އާއި އަނބިކަނބަލުން ޖިލް އެވެ. އެއްވެސް ވަޒީރަކު ޖަނާޒާ އަށް ވަޑައެއްނުގަންނަވާނެ އެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ ވެރިޔާ އާއި އޭނާގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށެވެ. އެ ފެންވަރުގެ ބޭފުޅަކު ވަޑައިނުގަންނަވާ ނަމަ، އެ ގައުމަކުން ފޮނުވާ މަންދޫބަށް އެކަންޏެވެ.
ރާނީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ވެސްޓްމިންސްޓާ އަބީ އަށް، ގައުމުތަކުގެ ވެރިން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވެސް، ގިނަ ބަޔަކަށް ދަތުރުކުރެވޭ ގޮތަށް، އިނގިރޭސި ސަރުކާރުން ހަމަޖައްސައިދޭ ޚާއްސަ ބަސްތަކެއްގަ އެވެ. އެއްވެސް ގައުމެއްގެ ވެރިއަކު ވަކިން ޚާއްސަ ކާރެއްގައި ޖަނާޒާ އޮންނަ ސަރަހައްދަށް ވަޑައިގަތުމަށް ހުއްދަ ދެވެން ނެތީ ޖާގައިގެ ދަތިކަމުން ކަމަށް، އިނގިރޭސި ސަރުކާރުން ވަނީ ގައުމުތަކަށް އަންގައިފަ އެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާ އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު މެންދުރު ފަހު، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ. ރާނީ ފަސްދާނު ލާނީ ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގަ އެވެ.
ރާނީ އަށް ފަހުގެ އިހްތިރާމް އަދާކުރުން ކުރިއަށްދަނީ
ރާނީއާ އެކު ފިލިޕް ވެސް ފަސްދާނުލާނެ
ރާނީ ފަސްދާނުލުން މި މަހު 19 ގައި
އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟
ރަސްމީ ޖަނާޒާ އަށް ފަހު ރާނީ ފަސްދާނު ލައިފި
އުމުރު ދުވަހަށް ރަސްކަމުގައި ދެމިހުންނާނަން: ޗާލްސް
އެންޑްރޫގެ ޖިންސީ ގޯނާގެ ތުހުމަތު ފައިސާއިން ނިންމައިފި
ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރިހާސަލް ފަށައިފި
ސްކޮޓްލޭންޑްގެ ބޮޑުވަޒީރަކަށް މުސްލިމެއް
ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ