12 ސެޕްޓެމްބަރ 2022
ލޯކަލް ކައުންސިލްތަކަށް އަންނަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކަށް އަންނަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ލ އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ވިޔަވަތި ފޯރަމްގައި ކައުންސިލްތކުގެ މާލީ ބާރުވެރިކަމާ ގުޅޭ ގޮތުން، އަމީރު ވިދާޅުވީ، ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް މިދިޔަ ތިން އަހަރު ވަރަށް ބޮޑަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެ އަދަދުތައް ކުރިމަގުގައި ވެސް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން 2019 ގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭ ވަރު ވަރަށް ބޮޑަށް އިތުރުކޮށްފައި ވާނެ. ދެހާސް ސަތާރަ އާއި އާއި 2018 ގައި ކައުންސިލްތަކަށް އެވްރެޖްކޮށް ބަޖެޓުގެ ތެރެއިން ދީފައި ވަނީ 500 މިލިއަން ރުފިޔާ. އަދި 2019 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ އަށް އިތުރު ކުރިން،" މާލީ ވަޒީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، 2020 ވަނަ އަހަރު ވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޭން ބަޖެޓުކުރި ނަމަވެސް ކޮވިޑާ ގުޅިގެން ހަރަދުތައް ކުރުމަށް ގެނައި ބަދަލާއެކު އަހަރު ނިމުނު އިރު ކައުންސިލްތަކަށް 550 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.
ސަރުކާރުން މިދިޔަ އަހަރު ކައުންސިލްތަކަށް 1.4 ބިލިއަން ރުފިޔާ ދޫކުރި އެވެ. މި އަހަރު ދޫކުރަން ނިންމާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.
އަމީރު ވިދާޅުވިގޮތުގައި، ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ ވަރަކު އިތުރު ކުރާނެ އެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް މިހާރު ދޭ ގޮތުން ބައެއް ކައުންސިލްތަކަށް ފައިސާ ދިނުމުގައި ބޮޑެތި ފަރަގުތައް ފާހަގަކުރެވިފައިވާ ކަމަސް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބްލޮކް ގްރާންޓް ކައުންސިލްތަކަށް ދޭ އުސޫލު ބަދަލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބްލޮކް ގްރާންޓުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މިހާރު ދެނީ ސިޓީ ކައުންސިލްތަކަށެވެ.
"އެންމެ މަދުން ފައިސާ ލިބޭ ރަށްރަށަށް ވެސް އެކަށީގެންވާ އަދަދެއް ލިބޭކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ވާނީ ބަލާފައި،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ކައުންސިލްގެ އާމްދަނީ އާއި ހަރަދުގެ މައުލޫމާތު، ރެކޯޑު ކުރޭތޯ އާއި ކަރަންޓާއި ފެން ބިލްތައް އޮންނަ އުސޫލުން ދައްކައި، ކައުންސިލްގެ ބަޖެޓު ޕްލޭން ކަނޑައެޅިފައިވާ ތާރީހަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާތޯ ވެސް ބަލާނެ ކަމަށެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، ''ބްލޮކް ގްރާންޓް'' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ ވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
އަންނަ އަހަރު ކައުންސިލްތަކަށް 1.6 ބިލިއަންގެ އެހީ!
ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް
އެންޓަނާ ޖެހުމަށް ދޫކުރާ ބިމު ކުލި ކައުންސިލްތަކަށް
މޭޔަރުންނާއިި ރައީސުންނަކާ ދެން ނުކުޅެވޭނެ!
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފި
އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު
ކައުންސިލްތައް ފަސް އަހަރަށް ބަދަލުކުރަން ފާސްކޮށްފި
ބަޖެޓް ޕްލޭން ކުރަން ކައުންސިލްތަކަށް އެއް މަސް ދެނީ
ކައުންސިލްތައް 5 އަހަރަށް ބަދަލުކުރަން ފާސްކޮށްފި
ދެ ވަނަ ދައުރު ނިމެނީ، މާޒީގެ ތަޖުރިބާ ކުރިމަގަށް