10 ސެޕްޓެމްބަރ 2022
އޭނާ ގާޒީ ކަމުގައި ހޭދަކުރެއްވި 36 އަހަރުގެ ދިގު މުއްދަތުގައި ވެސް ޝަރުއީ ދާއިރާގައި ހުރީ އެއް ޝަކުވާތަކެއް ކަމަށާއި އެހާ ދުވަސްވީރު އައި ބަދަލެއް ނެތް ކަމަށް ގާޒީކަމުން މިދިޔަ މަހު ރިޓަޔާ ކުރެއްވި، ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ގާޒީ ކަމުގައި ހޭދަކުރެއްވި 36 އަހަރުގެ ދިގު މުއްދަތުގައި ވެސް ޝަރުއީ ދާއިރާގައި ހުރީ އެއް ޝަކުވާތަކެއް ކަމަށާއި އެހާ ދުވަސްވީރު އައި ބަދަލެއް ނެތް ކަމަށް ގާޒީކަމުން މިދިޔަ މަހު ރިޓަޔާ ކުރެއްވި، ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންނަށް އެހީތެރިވާން ތިބޭ އިސްމީހުން އިތުރަށް ވިސްނާލަންޖެހޭ ކަމެއް 36 އަހަރުގައި އަޅުގަނޑު އައިސް މި ވާހަކަ ދެއްކިއިރުގައި އަޅުގަނޑު މިއަދު މަސައްކަތްކުރި ތަނުގައި ތިއްބެވި ބޭފުޅުން ވެސް ދައްކަވަނީ ކޮން ވާހަކައެއްތޯ؟ މުވައްޒަފުންނެއް ނެތޭ. ވަސީލަތެއް ނެތޭ. އިށީންނާނެ ތަނެއް ނެތޭ. ޖާގައެއް ނެތޭ. އޭރު ވެސް ޖާގައެއް ނެތޭ. ހަމަ އެ ވަރުގައި މި ތިބީ،" ބ. ކުޑަރިކިލުގެ ގާޒީކަމާ އެކު ޝަރުއީ ދާއިރާ އަށް ނުކުންނެވި އަބްދުﷲ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ، ގާޒީ ކަމުން ރިޓަޔާ ކުރައްވާފައިވާތީ، އަގު ވަޒަން ކުރުމުގެ ގޮތުން ފަނޑިޔާރުންގެ ޖަމިއްޔާ އިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުﷲ ގެ އިތުރުން ނ. ކެނދިކުޅުދޫ އިސް މެޖިސްޓްރޭޓް އިބްރާހިމް އަހުމަދު ރިޓަޔާ ކުރައްވާފައިވާތީ އޭނާގެ އަގު ވެސް ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަޒަންކޮށް ހަނދާނީ ފިލައެއް ދިނެވެ.
ކެނދިކުޅުދޫގެ އިސް މެޖިސްޓްރޭޓް އިބްރާހިމް އަހުމަދަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ސުއޫދު ހަނދާނީ ފިލާ މިއަދު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިދިޔަ 36 އަހަރުގައި ވެސް ޝަރުއީ ދާއިރާގެ ކަންކަން ދާން ޖެހެނީ އެހެންތޯ ސުވާލު ކުރައްވައި އަބްދުﷲ މިއަދު ވިދާޅުވީ، އެ ދުވަސްވަރާއި މިހާރު ވެސް މާ ބޮޑު ތަފާތެއް ނެތް ކަން ހުރިހާ ފަނޑިޔާރުން ވެސް އެ ބޭފުޅެއްގެ އަމިއްލަ ޟަމީރަށް ތެދުވެރިވެ، ގަބޫލު ކުރައްވަންޖެހޭ ކަމަށެވެ.
"އެހާރާއި މިހާރާ ވެސް މާ ބޮޑު ތަފާތެއް ނެތް،" ކުޑަރިކިލުގެ ކޯޓުގައި 18 އަހަރު އަދި ސިވިލް ކޯޓުގައި 18 އަހަރާއި ހަތް މަސް ހޭދަކުރެއްވި އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާޒީންނަށް މީގެ ކުރިން އެތައް ބައެއްގެ އިހުތިރާމު ލިބި، އެއީ މުޅި މުޖުތަމައު ބަލައިގަންނަ ބަޔަކަށް ވިޔަސް މިހާރު އިހުތިރާމު ގެއްލިފައިވާ ކަމަށެވެ. ގާޒީން މީގެ ކުރިން މަގުމަތިން ފެނިއްޖެ ނަމަ އެހެން މީސްމީހުން އަދަބު، އިހުތިރާމު ލިބުނަސް މިހާރު އެކަން ބަދަލުވެއްޖެ ކަމަށް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިން ރިޓަޔާ ކުރެއްވި ތިން ގާޒީއެއްގެ އަގުވަޒަން ކުރުމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، އެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދާއި އެހެން ބައެއް ފަނޑިޔާރުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑުމެންގެ ކުރި ކަނޑާފައެއް ނުދާނެ. އަޅުގަނޑުމެންނާ އެކުގައި ހިނގާފައި ދާން ވެސް ލަދުގަންނާނެ. ކުޑަކޮށް ހުއްޓިލާފައި އަޅުގަނޑުމެން ކުރިއަރައިގެން ދިޔައީމާ އެ މީހުން ދާނީ. އަޅުގަނޑުގެ އުމުރުން 25 އަކަށް އަހަރޭ މި ކިޔަނީ ގާޒީކަމުގައި. އަޅުގަނޑުމެންނަށް ވުރެ މާ ދުވަސްވީ ބޭފުޅުން ވެސް އަޅުގަނޑުމެން ފެނުނީމާ ހުއްޓިލާ،" އަބްދުﷲ 59، ވިދާޅުވި އެވެ.
އެކަމަކު މިހާރުގެ ހާލަތު ބަޔާން ކޮށްދެއްވަމުން އޭނާ ވިދާޅުވީ، "އަޅުގަނޑު ފެނުނީމާ އަޑު ވެސް ވާނީ ގަދަ" ކަމަށެވެ.
"އަޅުގަނޑު ބޮޑުތަކުރުފާނު މަގުން ފެނުނީ ފަހަތުން ދުވި ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން. އެއީ މިހާރު މި އާދެވުނު ހިސާބަކީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ، ޝަރުއީ ދާއިރާގައި އެންމެ ކުރީގައި މަސައްކަތް ކުރެއްވި ގާޒީން އުޅުއްވީ ވަރަށް ބޮޑެތި ތަކުލީފުތަކެއްގެ ތެރޭގައި ކަމަށެވެ. އެ ބޭފުޅުން އޭރު މަސައްކަތް ކުރެއްވީ ބަހަނާއެއް، ޝަކުވާއެއް އަދި ލިބިވަޑައިގަންނަވާ މުސާރަ އަށް ވެސް ބެއްލެވުމެއް ނެތި ގައުމީ ކަމެއްގެ ގޮތުގައި ކަމަށް ޝަރުއީ ދާއިރާގެ އެންމެ ދުވަސްވީ އެއް ތަޖުރިބާކާރު ވިދާޅުވި އެވެ.
އަބްދުﷲ، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ޝަރީއަތް ކުރުމަކީ ވަރަށް ބިޔަ، ބޮޑު ހިދުމަތެއް. މީހުންގެ ނަފުރަތާއި ނުރުހުން އަމާޒުވާ ކަމެއް. އެ ކަމަށް ސާބިތުވެ ތިބެގެން ކަން ކުރަން ޖެހޭނީ. ދެ ހަސްމުންގެ ހިތްހަމަޖެހުން ދުރުގައި އޮތް ކަމެއް. އާޑަފާޑަކިޔުން ގިނަ ކަމެއް. އަޅުގަނޑުމެންނަށް އެނގެން ވާނެ އަޅުގަނޑުމެން ފަނޑިޔާރުކަމަށް އައީމާ ތޫނު އެއްޗެއް ނެތި އަޅުގަނޑުމެން ޒަބަހަށް ވެގެންދާނެކަން. ތޫނު އެެއްޗަކާ ނުލައި އަޅުގަނޑުމެން ޒަބަހަށް ވެގެން [ކަތިލެވިގެން ދިއުން] ދާނީ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފަނޑިޔާރުކަމުގެ ގޮނޑީގައި އިށީންނަން ވާނީ މީހުން އެއްޗެހި ގޮވާނެކަން އެނގިގެން ކަމަށެވެ. އެންމެން އަތްތިލަބަޑިޖަހާނެ ކަމަށް ދެކިގެން އެ ގޮނޑީގައި އިށީނދެގެން ނުވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"އެ ތައުރީފެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ، ފަނޑިޔާރުން ބޭނުންހާ މީހަކާއެކު ރެސްޓޯރަންޓުތަކަށް އަރުއްވައި، ބޭނުންހާ ބަޔަކާއެކު ސަމާސާކޮށް، މަޖާކުރެވެން ނޯންނާނެ ކަމަށެވެ.
އަބްދުﷲގެ ވާހަކައިގައި ވަނީ މިދިޔަ 36 އަހަރުގައި އޭނާ ޝަރުއީ ދާއިރާގައި ކުރެއްވި ތަޖުރިބާތައް ވިދާޅުވެ ދެއްވައިފަ އެވެ. ހާއްސަކޮށް އޭނާގެ ގާޒީކަމުގެ ކުރީކޮޅުގެ ވާހަކަތައް ތަފުސީލުކޮށްދެއްވި އެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ސިވިލް ކޯޓު ހިންގުން ގާޒީ ފަރުހާދާ ހަވާލުކޮށްފި
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ފަނޑިޔާރު ސުއޫދު
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް: ފާއިޒް
ލޮބީކުރުމުގެ ނަތީޖާ ޖުޑިޝަރީގައި ރަނގަޅު: ސުއޫދު
"ފަނޑިޔާރުންނަށް މިނިވަން ކޮމިޝަނެއް އޮންނަންޖެހޭ"