06 ސެޕްޓެމްބަރ 2022
ނ. ޅޮހީ ސިއްހީ މަރުކަޒުގައި އޮންނަ އެމްބިއުލާންސް އެއްކޮށް ހަލާކުވެ، ބަލި މީހުން ޕިކަޕުގައި އުފުލަމުންދާ މިހާރު އަހަރެއްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ނ. ޅޮހީ ސިއްހީ މަރުކަޒުގައި އޮންނަ އެމްބިއުލާންސް އެއްކޮށް ހަލާކުވެ، ބަލި މީހުން ޕިކަޕުގައި އުފުލަމުންދާ މިހާރު އަހަރެއްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެމްބިއުލާންސް ހަލާކުވެ، ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވެފައި މިވަނީ މިދުވަސްވަރު އެ ރަށުގައި ރޯގާއެއް ފެތުރެމުންދާއިރު ބަލި މީހުން އުފުލުމުގައި އެހާ ބޮޑު ތަކުލީފެއް އުފުލަން ޖެހޭތީ އެވެ.
ރޭ ބޯވިއްސާރަގަނޑުގެ ތެރޭގައި އެރަށުން ހާލުބޮޑުވި ބަލި މީހަކު، އެހެން ރަށަކަށް ގެންދަން ޖެހުނީ ރަށު ޕިކަޕުގައި ސަތަރިގަނޑެއް ދަމައިގެން ހިޔާކޮށްގެންނެވެ. އާބާދީގައި 950 އަށް ވުރެ ގިނަ މީހުން އުޅެމުންދާ ޅޮހީގެ ސިއްހީ ހާލަތު އޮތް ގޮތުގެ މަންޒަރު ކަމަށް ބުނެ ރަށުގެ މީހުން ވަނީ އެ މަންޒަރު ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރަށު ކައުންސިލްގެ ރައީސް، އިބްރާހިމް މުހައްމަދު، "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ބޭނުންކުރަމުން އައި އެމްބިއުލާންސްއަކީ 2008 ގައި ލިބުނު އެމްބިއުލާންސެއް ކަމަށެވެ. އެކަމަކު ކޮވިޑް ތެރޭގައި ވެސް އެމްބިއުލާންސް އޮންނަނީ ދޭތެރެ ދޭތެރެއިން ހަލާކުވެ ބޭނުންނުކުރެވިފައި ކަމަށެވެ.
"ކޮވިޑްގެ ތެރޭގައި ވެސް އެއް ފަހަރު ބޭނުންކުރެވިއްޖެއްޔާ އަނެއް ފަހަރު ބޭނުންނުކުރެވޭ އެކި ކަހަލަ މައްސަލަތައް ދިމާވެގެން. އެކަމަކު މިހާރު އެއް އަހަރުވެއްޖެ ހަމަ އެއްގޮތަކަށް ވެސް ބޭނުންނުކުރެވޭތާ."
އެހެންވެ ބަލި މީހުން އުފުލުމުގައި ރަށުގައި ބޭނުންކުރާ ރަށު ޕިކަޕުތަކާއި ކައުންސިލުގެ ބަގީ ބޭނުންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި އެމްބިއުލާންސްގެ މައްސަލަ މިދުވަސްވަރު ބޮޑުވެފައި ވަނީ ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ބޮޑުވެގެންނެވެ.
"ރަށުގައި ވަރަށް ވަރުގަދަ ރޯގާއެއް އެބަ އުޅޭ މިދުވަސްވަރު. އެހެންވީމަ ސިއްހީ މަރުކަޒަށް ބަލި މީހުން އުފުލަންޖެހޭ މިންވަރު އިތުރުވެގެން މިއުޅެނީ. އެ ވާހަކަ ދައްކާނީ ރައްޔިތުންނަށް ބުރަކަށްވީމަތާ."
ބަލި މީހަކު އުފުލުމަށް ޅޮހީ ސިއްހީ މަރުކަަޒު ބޭރުގައި ޕިކަޕެއް ބާއްވާފައި--
އޭނާ ވިދާޅުވީ އެ ރަށުގައި ބޭނުންކުރާ އެމްބިއުލާންސް ހަލާކުވެގެން އެތައް ފަހަރަކު މިނިސްޓްރީއަށް އެކަން އަންގާފައިވާ ކަމަށެވެ. އެކަމަކު އެމްބިއުލާންސެއް ލިބޭނެ ކަމުގެ ކޮޅުމަތި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީ ފޮނުވިއްޖެ ކިތަންމެ ވަރަކަށް ވެސް މިނިސްޓްރީއަށް. އެންމެ ފަހުން ހެލްތު މިނިސްޓަރު މިރަށަށް ވަޑައިގެންނެވި ދަތުރުގައި ވެސް ހެލްތު ސެންޓަރާ ބައްދަލުކުރުމުން އެމްބިއުލާންސް ހަލާކުވެފައި އޮތް ވާހަކަ ބުނި. އެ ދަތުރުގައި ބުނި ދެން ގެންނަ އެމްބިއުލާންސުން މިރަށަށް ހަމަޖައްސާނަމޭ،"
އިބްރާހިމް ވިދާޅުވީ މިނިސްޓަރު އެގޮތަށް ވިދާޅުވި ފަހުން ރާއްޖެއަށް ލިބުނު އެމްބިއުލާންސްތައް އެކި ރަށްރަށަށް ފޮނުވިއިރު އެ ރަށަށް އެމްބިއުލާންސް ނުލިބޭ ކަމަށެވެ.
"އެމްބިއުލާންސް ދޫކުރާއިރު އެންމެ ހައްގުވާ މީހުންނަށް އެ ލިބުން ވަރަށް މުހިއްމު. މިހާރު މިއަތޮޅުގައި ވެސް އެބަ ހުރި އާ އެމްބިއުލާންސް ލިބިފައި ކުރީގެ އެމްބިއުލާންސް ހަލާކުނުވާ ރަށްރަށަށް ވެސް. އެހެންވީމަ ހަލާކުވެފައި އޮތް ތަނަކަށް އެމްބިއުލާންސް ފުރަތަމަ ފޯރުކޮށްދިނުން މުހިއްމު،" ކައުންސިލަށް ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި ބޭނުންކުރަމުންދާ ދުވަސްވީ އެމްބިއުލާންސްތައް ހަލާކުވެ، މީގެ ކުރިން ވެސް ވަނީ ބަރޯ އާއި ޕިކަޕު ކަހަލަ އުޅަނދުތަކުގައި ބަލި މީހުން އުފުލައިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ބޭނުންކުރުމަށް 96 އެމްބިއުލާންސް ރާއްޖެއަށް ގެނެސް، އެކި ރަށްރަށަަށް އެ އުޅަނދުތައް ވަނީ ފޮނުވައިފަ އެވެ.
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ދީފި
އެއާ އެމްބިއުލާންސް ސަލާމަތީ ގޮތުން ރައްކާތެރިވާނެ
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
އެއާ އެމްބިއުލާންސްގައި އެއް ފަހަރާ ދެ މީހުން އުފުލޭނެ
ޖަޕާނުން ހަދިޔާކުރި އެމްބިއުލާސްތައް ހަވާލުކޮށްފި
އެމްބިއުލާންސްތަކުގެ މަރާމާތް ފެނަކަ/ސްޓެލްކޯ އަށް
ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ލިބިއްޖެ
އިތުރު 15 ރަށަކަށް އެމްބިއުލާންސް ގެނެސްފި
ހުޅުމާލޭ ހޮސްޕިޓަލްގައި އެންމެ އެމްބިއުލާންސެއް!