Roadha Mihaaru
އާޓް މުބާރާތަކުން މޮޅުވީ އާޓިފިޝަލް އިންޓެލިޖެންސް

އާޓް މުބާރާތަކުން މޮޅުވީ އާޓިފިޝަލް އިންޓެލިޖެންސް

05 ސެޕްޓެމްބަރ 2022

އެމެރިކާގައި ބޭއްވި އާޓް މުބާރާތެއްގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އުފެއްދި އާޓްވޯކެއް ބައިވެރިކޮށް އެއަށް އެއްވަނަ ލިބުމުން މައްސަލަ ހޫނުވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގައި ބޭއްވި އާޓް މުބާރާތެއްގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އުފެއްދި އާޓްވޯކެއް ބައިވެރިކޮށް އެއަށް އެއްވަނަ ލިބުމުން މައްސަލަ ހޫނުވެއްޖެ އެވެ.

އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ގިނަ ކަންތައް މިހާރު ކުރެވެ އެވެ. އޭގެތެރޭގައި ބޮޑެތި ސުވާލުތަކަށް ޖަވާބު ހޯދުން ހިމެނެ އެވެ. އޭއައި ބޭނުންކޮށްގެން އާޓް އުފެއްދުމަކީ ވަރަށް ފަހުން އާންމުވާން ފެށި ކަމެކެވެ.

އެމެރިކާގެ ކޮލަރާޑޯ ސްޓޭޓުން ބޭއްވި ފައިން އާޓްސް މުބާރާތުގައި ވަނީ އެ ސްޓޭޓަށް ނިސްބަތްވާ ގޭމް ޑިޒައިނަރެއް ކަމަށްވާ ޖޭސަން އެލެން ބައިވެރިވެފަ އެވެ. ނަމަވެސް އެ މުބާރާތުގައި ޖޭސަން އާޓްވޯކްް ހުށަހެޅި ނަމަވެސް އޭނާ ހުށަހެޅި މަސައްކަތަކީ އޭއައިގެ މަސައްކަތެވެ.

މުބާރާތުގައި 11 މީހަކު ބައިވެރިވި އިރު 18 އާޓްވޯކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން ތިން އާޓްވޯކަކީ އެލެން ހުށަހެޅި އުފެއްދުންތަކެވެ.

އެލެން ހުށަހެޅި އާޓްވޯކްތަކުގެ ތެރެއިން އެއްވަނަ އަށް ގޮސްފައިވަނީ "ތިއޭޓާ ޑި ސްޕޭޝަލް" ނަމަކަށް ކިޔާ އާޓްވޯކެކެވެ. މި އާޓްވޯކުން ފެންނަނީ ރިނޭސޯންސް ދުވަސްވަރާއި ސްޓީމްޕަންކް ތީމް އެއްކޮށްލާފައިވާ މަންޒަރެކެވެ.

މި އާޓްވޯކް އުފައްދާފައިވަނީ "މިޑްޖާނީ" ނަމަކަށް ކިޔާ އޭއައި ޓޫލް ބޭނުންކޮށްގެނެވެ. އެ ޓޫލްގައި "ޑާލީ" އާއި "އިމޭޖެން" ފަދަ އިންޖިން ހިމެނެ އެވެ. އެލެން ކުރަންޖެހޭނެ ހަމައެކަނި މަސައްކަތަކީ ބައެއް ކަހަލަ މައުލޫމާތު އެ އިންޖީނަށް ދިނުމެވެ. އޭރުން ދެން ހުރިހާ މަސައްކަތެއް ކުރާނީ އޭއައި އެވެ.

އެހެން އާޓިސްޓުން ރުޅި އައިސްގެން އުޅެނީ މި ސަބަބާ ހުރެ އެވެ. އ އާޓިސްޓުން ގިނަ މަސައްކަތް ކޮށްގެން ކުރަހާފައިވާ ކުރެހުންތަކުގެ ބަދަލުގައި އޭއައި ކުރަހާފައިވާ އެއްޗެއްގެ ވަނަ މީހަކަށް ދިނުމުން އެކަން މައްސަލައަކަށްވީ އެވެ. އަދި އެ މައްސަލަ އިތުރަށް ބެލުމަށް ފަނޑިޔާރުންގެ ޕެނަލަށް ވެސް ވަނީ އަންގާފަ އެވެ.