04 ސެޕްޓެމްބަރ 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރި ފުރަތަމަ ސްކޫލު "އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު" 800 އަށް ވުރެ ގިނަ ކުދިންނާއެކު މިއަދު ހުޅުވައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރި ފުރަތަމަ ސްކޫލު "އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު" 800 އަށް ވުރެ ގިނަ ކުދިންނާއެކު މިއަދު ހުޅުވައިފި އެވެ.
ރާއްޖޭގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރު އަހުމަދު ކާމިލް ދީދީގެ ނަމަށް ހާއްސަ ކޮށްފައިވާ ސްކޫލު ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 6 އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުން 824 ކުދިންނަށް ޖާގަ ދީފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފައުންޑޭޝަންގެ ކްލާސްތައް ކިޔަވައިދޭނީ ހަތަރު ދަންފަޅިއަށް ކަމަށެވެ. ގްރޭޑު 1-6 ގެ ކްލާސްތައް ދެ ދަންފަޅިއަކަށް ބަހާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި މި ވަގުތު 47 ޓީޗަރުން މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން އިދާރީ އަށް މުވައްޒަފުންނާއި މަސައްކަތު 10 މުވައްޒަފުންނާއެކު ޖުމްލަ 65 މުވައްޒަފުން އެބަތިއްބެވެ.
ޖުމުލަ 12 ކްލާސް ރޫމް ހިމެނޭ ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެކު އެޗްޑީސީން ސޮއިކުރީ މިދިޔަ މާޗު މަހު އެވެ. އެއީ 165 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، ޔޫކްރެއިން ރަޝިޔާ ހަނގުރާމައާ ގުޅިގެން މަސައްކަތް ލަސްވި އެވެ.
ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން 241 މިލިއަން ރުފިޔާ
ކާމިލް ދީދީ ސްކޫލަށް ބޮޑެތި ފާޑުކިޔުންތަކެއް!
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
ސަލާހުއްދީން މަސައްކަތް ނިންމައި، ޖާގައަށް ހުޅުވާލައިފި
އާ އަހަރާއެކު ސަލާހުއްދީންގެ އާ އިމާރާތް ހުޅުވާނެ
"ފާސްވާ ކުދިން މަދުވީ ހިސާބު ޖަހާގޮތް ބަދަލުކުރުމުން"
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން