02 ސެޕްޓެމްބަރ 2022
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.
"ކޮކާކޯލާ ފީފާ ކިކްއޮފް"ގެ ނަމުގައި ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ކޮކާކޯލާ ފީފާގެ ހަރަކާތްތައް "ކިކްއޮފް" ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ކޮކާ ކޯލާއިން "އަން ކެޕް، ބިލީވް، ފްލައި" ޝިއާރާ އެކު ފެށި ޕްރޮމޯޝަން މިއަދުން ފެށިގެން އަށް ހަފްތާއަށް ކުރިއަށް ގެންދާނެ އެވެ. ކޮންމެ ހަފްތާއެއް ނިމުމުން އެ ހަފްތާއެއްގެ ނަސީބުވެރިން ހޮވާނެ އެވެ.
ކޮކާކޯލާ އިން ބުނީ އެ ކުންފުނިން ކަނޑައަޅާފައިވާ ގްރޭންޑް ޕްރައިޒް، މެޗު ބަލައިލަން ދިޔުމުގެ ޓިކެޓު ލިބޭނީ އަށް މީހަކަށް ކަމަށެވެ. ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު ބައިވެރިއެއް ގެންދެވޭނެ ކަމަށާއި، ދަތުރުގެ ހުރިހާ ހަރަދެއް ވެސް އެ ކުންފުނިން ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.
މިނިސްޓަރު އަހްމަދު މަހުލޫފު ކޮކާ ކޯލާގެ އިސްވެރިންނާ އެކު. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މެޗު ބަލައިލަން ދިއުމުގެ ފުރުސަތުގެ އިތުރުން، ގިނަ އިނާމުތަކެއް މި ޕްރޮމޯޝަންގައި ހިމެނެ އެވެ. އޭގެ ތެރޭގާއި ޕީއެސް 5 އާއި މި އަހަރުގެ ވޯލްޑްކަޕްގެ އޮފިޝަލް ބޯޅަ ވެސް ކޮންމެ ހަފްތާއަކު ނަގާ ލަކީޑްރޯއިން ލިބޭނެ ކަމަށް ބުންޏެވެ. އަދި ޑެއިލީ ވިނާސްގެ ގޮތުގައި ހޮވޭ ފަރާތްތަކަށް "ކޮކާ ކޯލާ ސްޓޭޑިއަމް ޕެކެއް" ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހަބޭސް ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ހަރަކާތްތަކަކާ އެކު ބޭއްވި ރަސްމިއްޔާތުގައި ކޮކާކޯލާގެ އެމްޑީ، ސްރީ ލަންކާ މޯލްޑިވްސް، ވަނީ ރާއްޖެ އަކީ ފުޓުބޯޅައިގެ ފޯރި އެންމެ ގަދަ އެއް ގައުމުކަން ފާހަގަ ކުރައްވައިފަ އެވެ. އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕް ބަލައިލުމުގެ ފުރުސަތު ދިވެހި ކަސްޓަމަރުންނަށް އެ ކުންފުނިން ދިން ކަމަށާއި، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް އެ ޕްރޮމޯޝަނަށް ލިބުންކަން ފާހަގަ ކުރެއްވި އެވެ.
ކިކްއޮފް އިވެންޓް ފެށީ ފޯރިގަދަ ހަރަކާތްތަކާ އެކު. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހުލޫފް ވަނީ މި އަހަރުގެ ވޯލްޑްކަޕަށް ސަރުކާރުން ވެސް ކޮކާ ކޯލާ އާއި އުރީދޫއާ އެކު ފޯރި ގަދަ ހަރަކާތްތަކެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ކޮކާ ކޮލާއިން ފެށި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ. އެ ޕްރޮމޯޝަނަށް ހާއްސަ ފުޅިތަކުގެ މަތި ހުންނާނީ ގޯލްޑު ކުލައިގަ އެވެ.
ޕްރޮމޯޝަންގެ ހާއްސަ ކޯޑުތައް، 500 އެމްއެލް، 1.5 އެމްއެލް އަދި 2 އެމްއެލްގެ ކޯކު، ޒީރޯ ކޯކު އަދި ސުޕްރައިޓު ފުޅީގެ މަތިގަނޑުން ލިބޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ދާނީ 45 ދުވަހުގެ މުއްދަތަކަށެވެ.
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި އެކްސްޕޯޓުކޮށްފި
ކޯކު ފުޅި އާއި ދަޅުގައި މާވެލްގެ އެކި ކެރެކްޓާތައް!
ޔޫރޯގެ ފައިނަލް މެޗު ބަލަން ޖަރުމަނަށް ފޮނުވަނީ
"ޗާޖްޑް ނައިޓް"ގެ ދެ ވަނަ ޝޯ މާދަމާ ރޭ
ކުނިން އާ ތަކެތި އުފެއްދުމަށް ހާއްސަ ފެސިލިޓީއެއް
ކޯކުގެ އުފެއްދުންތަކާ އެކު ބޮނަކުއާ ފެންފުޅިއެއް ހިލޭ
ކޮކާކޯލާގެ ނަސީބުވެރިން ވޯލްޑް ކަޕް ބަލަން ގަތަރަށް!
ކޮކާކޯލާއިން ވޯލްޑް ކަޕަށް ފޮނުވާ ނަސީބުވެރިން ހޮވައިފި
ބްރެޒިލް އެނބުރި އަތުވެއްޖެ: ކަފޫ
ކޯކުގެ ބުއިންތައް ރާއްޖެއިން އުފައްދާ ދަޅުގައި މާކެޓަށް