Roadha Mihaaru
ހޮޓެލް އޭޝިއާ އަންނަ މަހު ބާއްވަނީ

ކޮވިޑަށް ފަހު ބާއްވާ ފުރަތަމަ ހޮޓެލް އޭޝިއާ އަންނަ މަހު

01 ސެޕްޓެމްބަރ 2022

ސައުތު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ހޮޓެލިއާ އެގްޒިބިޝަން "ހޮޓެލް އޭޝިއާ" އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސައުތު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ހޮޓެލިއާ އެގްޒިބިޝަން "ހޮޓެލް އޭޝިއާ" އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފި އެވެ.

އެކަން އިއުލާނު ކޮށްފައި ވަނީ މިއަދު، އެ އެގްޒިިޝަން ރާއްޖޭގައި އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން ކޮންފަރެންސް (މެކްސް) އާއި އެގްޒިބިޝަންގައި މި އަހަރު އިސްކޮށް ހަރަކާތްތެރިވާ ޕާޓްނަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ އެގްޒިބިޝަން މި އަހަރު ބާއްވަނީ ކޮވިޑާ ގުޅިގެން އައި ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ.

އެ ކޮންފަރެންސްގައި މެކްސްގެ ޑިރެކްޓަރު އާސިމް މުހުތާރު ވިދާޅުވީ އެ އިގްޒިބިޝަނަކީ ސައުތު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުން ގިނަ ކުންފުނިތަކެއް ބައިވެރިވާނެ އެގްޒިބިޝަނެއް ކަމަށެވެ. އަދި މި އަހަރުގެ އެގްޒިބިޝަނުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަ ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މެކްސްގެ ޑިރެކްޓަރު އާސިމް މުހުތާރު ވިދާޅުވީ އެ އެގްޒިބިޝަން އެހެން އަހަރުތަކަށް ވުރެ ފުރިހަމަ ވާނެ ކަމަށް. ފޮތޯ: ނިޝާން އަލީ | މިހާރު

މެކްސްގެ ޑިރެކްޓަރު އާސިމް މުހުތާރު ވިދާޅުވީ އެ އެގްޒިބިޝަން އެހެން އަހަރުތަކަށް ވުރެ ފުރިހަމަ ވާނެ ކަމަށް. ފޮތޯ: ނިޝާން އަލީ | މިހާރު

މި އަހަރުގެ އެ އެގްޒިބިޝަނަކީ ހޮޓެލް އޭޝިއާގެ 16 ވަނަ އެގްޒިބިޝަންކަން ފާހަގަ ކުރައްވައި، އެ އެގްޒިބިޝަންގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޓޫރިޒަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ގިނަ ބަޔަކާ ގުޅިގެން ދާނެ ކަން ފާހަގަ ކުރެއްވި އެވެ. އަދި އެ އެގްޒިބިޝަންގައި ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ދުވަހުގެ ކަލިނަރީ ޗެލެންޖެއް ކުރިއަށް ދާނެ ކަމަށް ވެސް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ. އާސިމް ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ ޝެފުން އެ ޗެލެންޖުގައި ބައިވެރިވާނެ ކަމަށެވެ.

މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން ވެސް ބާއްވަނީ މެކްސް އާއި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (ލެކްސް) އަދި ބެސްޓް ބައި މޯލްޑިވްސް އާ ގުޅިގެންނެވެ.

މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި، ލޮޖިސްޓިކްސް ޕާޓްނަރަކަށް ހިމެނެނީ ޓީޓީއެސް މޯލްޑިވްސް އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ހިމެނެނީ ދިރާގެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޝެފްސް ގިލްޑްސް އޮފް މޯލްޑިވްސް އާއި އެކު ޕާޓްނަރެއްގެ ގޮތުގައި ވަނީ ސޮއި ކޮށްފައެވެ.

މި އަހަރުގެ އެގްޒިބިޝަން އަކީ ޓޫރިޒަމް މިނިސްޓްރީ އާއި ލަންކާގެ ނެޝަނަލް ޗެމްބާ އޮފް އެކްސްޕޯޓާސްއިން އެންޑޯސް ކޮށްފައިވާ އިވެންޓެކެވެ.

މި އަހަރުގެ އެގްޒިބިޝަން އޮންނާނީ މި މަހުގެ 10 އިން 12 އަށެވެ. މި އަހަރުގެ އެކްސްޕޯގައި 175 އަށް ވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށް މެކްސްއިން ބުނެއެވެ.