24 އޯގަސްޓް 2022
އޮޅުމަކުން ޕާކިސްތާނުގެ ތެރެއަށް މިސައިލެއް ފޮނުވައިލި، އިންޑިއާގެ ވައިގެ ސިފައިން ތިން އޮފިސަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް އިންޑިޔާ އިން އިއްޔެ ބުނެފި އެވެ.
އޮޅުމަކުން ޕާކިސްތާނުގެ ތެރެއަށް މިސައިލެއް ފޮނުވައިލި، އިންޑިއާގެ ވައިގެ ސިފައިން ތިން އޮފިސަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް އިންޑިޔާ އިން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ އުތުރު ސަރަހައްދުގައި ހުރި އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒަކުން ޕާކިސްތާނުގެ ތެރެއަށް މިސައިލެއް ފޮނުވައިލީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ، ޕާކިސްތާނުން އެކަން މާ ބޮޑު މައްސަލައަކަށް ނުހަދަ އެވެ.
ރަޝިޔާ އާއި އިންޑިއާ ގުޅިގެން ތަރައްގީކޮށްފައިވާ، ބްރަހްމޮސް މަރުކާގެ މިސައިލަކީ ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އެއްގަމުން އެއްގަމަށް ހަމަލާދޭ ޒާތުގެ ކްރޫޒް މިސައިލެކެވެ. މާޗް މަހުގެ 9 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅޭ ތަފްސީލު މައުލޫމާތު ދިނުމަށް ޕާކިސްތާނުން ވަނީ މީގެ ކުރިން އިންޑިއާގައި އެދިފަ އެވެ.
ރަޝިޔާ އާއި އިންޑިއާ ގުޅިގެން ތަރައްގީކޮށްފައިވާ، ބްރަހްމޮސް މަރުކާގެ މިސައިލް
އެކަމުގައި ޒިންމާވާ ތިން އޮފިސަރުން މަގާމުން ވަކިކުރީ، އެ ހާދިސާގެ ހަގީގަތް ދެނެގަތުމަށް އިންޑިއާގެ ވައިގެ ސިފައިންގެ ތެރޭގައި އުފެއްދި ޚާއްސަ ކޯޓަކުން ކުރި ތަހުގީގުތަކަށް ފަހު، އެ ތިން އޮފިސަރުންގެ އިހުމާލު އޮތްކަން ސާބިތުވުމުންނެވެ. ޕާކިސްތާނުގެ ތެރެއަށް މިސައިލް ފޮނުވައިލެވުނީ، މިސައިލްތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ އޮފިސަރުން ފުރިހަމަކުރަންޖެހޭ އިޖުރާއާތު (ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ)އާ ޚިލާފަށް ތިން އޮފިސަރުން އަމަލުކުރުމުން ކަމަށް، އިންޑިއާގެ ވައިގެ ސިފައިންގެ ފަރާތުން ބުންޏެވެ.
އެ ހާދިސާ ހިނގުމާ އެކު އެ ތިން އޮފިސަރުން ވަނީ ޒިންމާތަކުން އެކަހެރި ކޮށްފަ އެވެ. އެއަށް ފަހު ޚާއްސަ އަސްކަރީ ކޯޓުން ކުރި ތަހުގީގަށް ފަހު، އެމީހުންގެ މައްޗަށް ކުށް ސާބިތުވުމާއެކު، މަރުކަޒީ ސަރުކާރުން ވަނީ ކޯޓުގެ ހުކުމާ އެއްގޮތަށް، އިއްޔެ އިން ފެށިގެން އެ ތިން އޮފިސަރުން އަސްކަރީ ޚިދުމަތުން ވަކިކޮށްފަ އެވެ.
އިންޑިއާ އިން ފޮނުވައިލި މިސައިލް ވެއްޓުނީ ދެ ގައުމު ގުޅޭ ސަރަހައްދީ އިމުން ފެށިގެން 124 ކިލޯމީޓަރު އެތެރެއިން ޕާކިސްތާނުގެ އަވަށަކަށެވެ. އެ ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިންޑިއާ އިން ފޮނުވައިލި މިސައިލް 40000 ފޫޓު އުހުން، އަޑަށް ވުރެ ތިން ގުނަ ބާރަށް ދަތުރުކޮށްފައި ގޮސް ވެއްޓުނީ އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ.
BIG BREAKING: 3 IAF officers terminated from service with immediate affect after being held responsible for the accidental firing of a BrahMos missile in March this year which landed in Pakistan. The Court of Inquiry found 'deviation from Standard Operating Procedures (SOP)'. pic.twitter.com/kvR6gP2cyB
— Shiv Aroor (@ShivAroor) August 23, 2022
އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބުނަސް، އާންމުންގެ ބައެއް އިމާރާތްތަކަށް ގެއްލުން ލިބުނެވެ. އެ ހާދިސާ ތަހުގީގު ކުރުމަށް ފަހު ކޯޓުން ބުނެފައިވަނީ، އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ ބްރަހްމޮސް މަރުކާގެ މިސައިލް ޕާކިސްތާނަށް ފޮނުވައިލުމުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް މެދުވެރިނުވާ ކަމަށެވެ.
އަދި މިސައިލްތައް ބަލަހައްޓަމުން ދަނީ، އެފަދަ ފަންނީ މައްސަލަތައް މެދުވެރިނުވާނެ ފަދަ ގޮތަކަށް ކަމަށާއި، އިންސާނީ ގޯހެއްގެ ސަބަބުން ނޫނީ އެފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް އެ ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ ހާދިސާ އަށް ފަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން، މާޗް 15 ވަނަ ދުވަހު، އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވިދާޅުވީ، މިސައިލް އޭގެ ހަރުން އުދުއްސައިގެން ދިޔައީ، އާދައިގެ މަތިން މިސައިލްތައް އިންސްޕެކްޓްކޮށް މެއިންޓެނެންސް ކުރުމުގެ ތެރޭގައި ކަމަށެވެ.
ބްރަހްމޮސް މިސައިލަކީ 300-500 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލަކަށް ވުމުން، އިންޑިއާގެ އުތުރު ސަރަހައްދުން ފޮނުވާލައިގެން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށް ހަމަލާ ދިނުމަށް މިމަރުކާގެ މިސައިލް ބޭނުންކުރެވިދާނެ އެވެ.
ޗައިނާގެ ފައިޓަރު ޖެޓްތައް ޕާކިސްތާނަށް ވިއްކަނީ
ރަޝިޔާގެ މިސައިލް ގަނެ އިންޑިއާގެ ދިފާއު ވަރުގަދަކުރަނީ
އިންޑިއާގެ ބޯޓުތަކުން ޕާކިސްތާނަށް ވައިގެ ހަމަލާ ދީފި
"އިންޑިއާ އިން ހަމަލާ ދީފި ނަމަ ރައްދު ވަރުގަދަވާނެ"
އިންޑިއާއިން ހައިޕަސޮނިކް މިސައިލެއް ޓެސްޓުކޮށްފި
ސިފައިން ބާލަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި
އާތިފް އަސްލަމް 7 އަހަރު ފަހުން ބޮލީވުޑަށް
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިންޑިއާގެ ތިބީ 77 ސިފައިން: ސަރުކާރު
އެއްގަމާ ކަނޑާ ވައިގެ މަގުން ގާޒާ ސުންނާފަތި ކުރަނީ