23 އޯގަސްޓް 2022
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހަކަށް ހުޅުމާލޭގައި ބަޔަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ އާންމުވެއްޖެ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހަކަށް ހުޅުމާލޭގައި ބަޔަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ އާންމުވެއްޖެ އެވެ.
ހިޔާ ފުލެޓްތައް ކައިރީގައި ރުކެއްގައި ދޮށުގައި އެ މީހާ ބަހައްޓާ އޭނާއާ ދިމާލަށް އެއްޗެހި ގޮވައި، އަތްފައިން އޭނާގެ ގައިގައި ތަޅާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އޭނާ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވުމަށާއި އެ ވާހަކަ ކިޔައިދިނުމަށް މީހުން ގޮވާ އަޑު ވެސް އިވެ އެވެ.
އަނިޔާކުރަން ފެށުމުން އެކަން ކުރި ކަމަށް އޭނާ އެއްބަސް ވެސް ވެ އެވެ.
އެ ވީޑިއޯގައި އަންހެނަކު އޭނާ އަށް ތުހުމަތުކޮށް ވާހަކަދައްކާ އަޑު ވެސް އިވެ އެވެ. އެ އަންހެން މީހާގެ ވާހަކަތަކުން ދޭހަވާ ގޮތުގައި، ތުހުމަތުކުރެވޭ ފިރިހެން މީހާ އަކީ ޓީޗަރެކެވެ. އޭނާ އެތަނަށް ދިޔައީ ކުއްޖަކަށް ޓިއުޝަން ނަގައިދެން ކަމަށާއި އޭނާ އެ ކުއްޖާ ފޯނުން ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް ދައްކައި، ކުއްޖާއާ ބެހެން އުޅުނު ކަމަށް ތުހުމަތުކުރެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އަނިޔާ ލިބިފައި ވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ މި ވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި
ތުއްތު ކުއްޖާގެ ރޭޕް: ބައްޕަގެ ބަންދަށް 15 ދުވަސް
ހިޔާ ފްލެޓުގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާ ބަންދަށް
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ފުލުސްމީހާއަށް ހަމަލާދިން މީހުންގެ ބަންދު ޖަހައިފި
ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތު
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި