Roadha Mihaaru
ވިނަރެސްގެ ކޮމާޝަލް ޔުނިޓްތަކަށް އެދެން ހުޅުވާލައިފި

ވިނަރެސްގެ ކޮމާޝަލް ޔުނިޓްތަކަށް ފުރުސަތު ހުޅުވާލައިފި

18 އޯގަސްޓް 2022

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްގައި ހިމެނޭ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނެގުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްގައި ހިމެނޭ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނެގުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

ވިނަރެސްގެ 10 ޓަވަރުގައި 1،344 ފްލެޓް ހިމެނޭއިރު އެ ޓަވަރުތަކުގެ އެންމެ ތިރީ ފްލޯ ހާއްސަ ކޮށްފައި ވަނީ ވިޔަފާރި ބޭނުމަށް ދޫކުރާށެވެ. މި ވަގުތު ހުޅުވާލާފައި ވަނީ މަސް ފިހާރައަކާއި ކާބޯތަކެތި ވިއްކާ ދެ ފިހާރައެއް ހިންގާނެ ބަޔަކު ހޯދުމަށެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިނަރެސް ފްލެޓްގައި ވިޔަފާރީގެ ބޭނުމަށް ހާއްސަ ކޮށްފައިވާ ޔުނިޓްތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށެވެ. ބިޑް ސެކިއުރިޓީއަކީ 5،000ރ. އެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުން ޕްރޮޕޯސަލް ބަލައިގަންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 އިން 2:00 އާ ދެމެދުގަ އެވެ. އަދި 2:00 ގައި އެ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވިނަރެސް ފްލެޓުގެ ކޮމާޝަލް ޔުނިޓުން މި ވަގުތު ދޫކުރަނީ 702 އަކަފޫޓުގެ ދެ ޔުނިޓެވެ. މަސް ފިހާރަ ހަދަން ދޫކުރަނީ 2280.12 އަކަފޫޓުގެ ތަނެކެވެ.

މަސް ފިހާރަ ހިންގަން ޝައުގުވެރިވާ މީހުންގެ ތެރެއިން އޮންލައިންކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 25 ގެ ނިޔަލަށެވެ. އެޗްޑީސީއަށް ގޮސްގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 25 ވަނަ ދުވަހުގެ މެންދުރު 1:00 އިން 2:00 އާ ހަމައަށެވެ. އޭގެ ފަހުގައި އެންމެންގެ ހާޒިރުގައި ބީލަން ހުޅުވުން އޮންނާނެ އެވެ.

ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލިއިރު، ފައިނޭންސް ކުރަން ފައިސާ ހޯދޭނެ ކަމުގެ ޔަގީންކަން ދޭން ޖެހެ އެވެ. އެހެން ނޫން ނަމަ ޕްރޮޕޯސަލް ޑިސްކޮލިފައި ވާނެ އެވެ.

ކޮންމެ ފަރާތަކަށް ވެސް ދޫކުރާ ގޮތަށް ހަމަޖެހިފައި ވަނީ އެންމެ ޔުނިޓެކެވެ. އެ ތަނުން ކޮމާޝަލް ޔުނިޓްގެ ގޮތުގައި ދޫކުރާ ސީދާ އަދަދު ސާފެއް ނުވެ އެވެ.

އެކަމަކު، އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު އެޗްޑީސީން ވަނީ ހުޅުވާލައިފަ އެވެ. އަންނަ މަހުގެ 15 އާ ހަމައަށް ތިން ކޮޓަރީގެ އެ ފްލެޓްތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.