Roadha Mihaaru
މިހާ ހަނި ގެއެއްގައި އުޅެވޭނެ؟

މިހާ ހަނި ގެއެއްގައި އުޅެވޭނެ؟

19 އޯގަސްޓް 2022

އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ އިލިނޯއި ގައި "ތުނިތުނިކޮށް" ހަދާފައި ހުރި ގެއެއްގެ ފޮޓޯ ވައިރަލް ވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ އިލިނޯއި ގައި "ތުނިތުނިކޮށް" ހަދާފައި ހުރި ގެއެއްގެ ފޮޓޯ ވައިރަލް ވެއްޖެ އެވެ.

"ސްކިނީ ހައުސް"ގެ ނަމުން ވައިރަލްވި ފޮޓޯގައި ފެންނަ ގެއަށް ކިޔަނީ "ޕައި ހައުސް" އެވެ. މި ގެ ވަނީ ދާދި ފަހުން 260،000 ޑޮލަރަށް ވިއްކާލާފަ އެވެ.

މިއީ ފޮޓޯ އަށް ގެ ފެންނަ ގޮތެއް ނޫނެވެ. ގޭގެ ދިގުމިނުގައި 20 ފޫޓު ހުރި އިރު ގޭގެ ފުޅާމިނުގައި ހުންނަނީ އެންމެ ތިން ފޫޓެވެ.

މި ގެ ފެނި ޓިކްޓޮކްގައި ވައިރަލް ވެފައިވާއިރު އެހާ އަގުބޮޑުކޮށް އެ ގެ ގަތް މީހުންނަށް ވަނީ މަލާމާތް ވެސް ކޮށްފަ އެވެ.

މިގެއަކީ ފުޅާމިން ކިތަންމެ ކުޑަކޮށް ހުރި ގެއެއް ނަމަވެސް މި ގެއަކީ މީހުންނަށް އުޅެވޭނެ ގޮތަށް ހަދާފައިވާ ގެއެކެވެ. ނަމަވެސް މި ގޭގައި ބޭނުން ގޮތަކަށް ނުއެއް އުޅެވޭނެ އެވެ. މިގޭގައި ފާހާނާއަކާއި ސްޓޯރޭޖް ކޮޓަރިއެއް ހިމެނެ އެވެ.

އެ ގެ ވިއްކި ކުންފުނިން ބުނާގޮތުގައި އެގޭގެ ފާހާނާއަކީ އާންމު ގެއެއްގެ ފާހާނާ އާ ތަފާތުކަން އިހުސާސް ނުކުރެވޭނެ ވަރުގެ ފާހާނާއެކެވެ.