Roadha Mihaaru
މާކުރަތު ބަނދަރުގެ އާ ފަޅު ފުންކޮށް ނިމެނީ

މާކުރަތު ބަނދަރުގެ އާ ފަޅު ފުންކޮށް ނިމެނީ

17 އޯގަސްޓް 2022

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު އާ ފަޅު ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު އާ ފަޅު ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ އެވެ.

މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށާއި އޭގެ 73 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ އިތުރުން 140 މީޓަރުގެ ބޭރުތޮއްޓަކާއި، 129 މީޓަރު ސަރަހައްދުގެ އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި ގްރޮއިންސް ޖެހުން އަދި 641 އަކަމީޓަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 26.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މ. ދިއްގަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ

މ. ދިއްގަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 57 ޕަސެންޓް މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރު ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުން އަދި ބޮޑު ހިލައިގެ ބޭރުތޮއްޓެއް އަޅަން ވަނީ ހަމަޖެހިފަ އެވެ. އެއީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.