14 އޯގަސްޓް 2022
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުނުވެ، ސަލާމަތްވުމާ ގުޅިގެން އޭނާގެ މަގާމު ސަރުކާރުން އިޔާދަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުނުވެ، ސަލާމަތްވުމާ ގުޅިގެން އޭނާގެ މަގާމު ސަރުކާރުން އިޔާދަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ 25 އަކަށް އަހަރު ވެފައިވާ ސޯލިހުގެ މައްޗަށް ދައުވާ ކުރުމާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު، އަލުން ވަޒީފާ އަށް ނުކުންނެވީ މީގެ ދެ ހަފުތާ ކުރިންނެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ، އެއް ރަށަކާއި ތިން ފަޅެއްގެ ހެޑް ލީސް ބަދަލު ނުކުރަން ރިޔާސީ ކޮމިޝަނުން އަންގާފައި ވަނިކޮށް، އެ ރަށްތަކާ ގުޅިގެން އެއްވެސް ތަހުގީގެއް ނުހިންގާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހު ސޮއި ކުރައްވައި، ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ.
ނަމަވެސް މިދިޔަ މާޗް 20 ގައި ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ބުނީ، ދައުލަތުން ހުށަހެޅި ހެކިތަކުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ވެސް ހެކިބަސް ދީފައި ވަނީ ސޯލިހު ފޮނުއްވި ސިޓީތަކުގައި ވެސް، ރަށްތަކުގެ ލީސް ބަދަލުކުރުމާ ގުޅޭ ކަމެއް ނެތް ކަމަށެވެ. ރިޔާސީ ކޮމިޝަންގެ ނިންމުމާ ގުޅިގެން ރަށްތަކުގެ ލީސް ބަދަލު ކުރުން މަޑުޖައްސައިލަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރަތަމަ އެންގެވިޔަސް، ފަހުން އެ ނިންމުން ބާތިލްކުރި ކަމަށް ހެކިން ބުނެފައިވެ އެވެ.
ނިހާދު އަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި
އިބޫއާ އެކު އުޅުނު ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރި ދައުވާ ސާބިތެއްނުވި
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރާ ދައުވާ ނިމުމަކާ ގާތަށް
ކޯޓުގެ ހުކުމާއެކު އަޑުބަރޭ މަގާމުން ވަކިކޮށްފި
ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނިންމަނީ
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ ދިފާއަށް ފަސް ވަޒީރެއް
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
ސްޓޭޓް މިނިސްޓަރުގެ މަގާމުން ޔޫސޭ ވަކިކޮށްފި
ޔާމީންގެ ވަކީލް ސިޔާޒަށް އިކޮނޮމިކްގެ ސްޓޭޓްކަން