Roadha Mihaaru
ކެންސަރުގެ އަގުބޮޑެތި ބޭސްތަކެއް ވަގަށް ނަގައިފި

އައިޖީއެމްއެޗް ކެންސަރު ޑިޕާޓްމަންޓްގައި ހުރި އަގުބޮޑެތި ބޭސްތަކެއް ވަގަށް ނަގައިފި

11 އޯގަސްޓް 2022

ކެންސަރުގެ ބަލި މީހުންނަށް ދޭ އަގުބޮޑެތި ބޭސްތަކެއް އައިޖީއެމްއެޗްގެ ކެންސަރު ޑިޕާޓްމަންޓުން ރޭ ވަގަށް ނަގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރުގެ ބަލި މީހުންނަށް ދޭ އަގުބޮޑެތި ބޭސްތަކެއް އައިޖީއެމްއެޗްގެ ކެންސަރު ޑިޕާޓްމަންޓުން ރޭ ވަގަށް ނަގައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ޑިޕާޓްމަންޓްގެ ކަބަޑުތަކެއް ފަޅާލައި ވަގަށް ނެގީ އޯރަލް ކީމޯ ބޭހެވެ. އޭގެ އިތުރުން ތަޅުތައް ހަލާކުކުރުމަށް ފަހު ޑޮކްޓަރުންގެ އަމިއްލަ ތަކެތި ވެސް ގެންގޮސްފައިވާ ކަން އެނގިފައިވެ އެވެ.

މިއީ، އެއް މަހުގެ ތެރޭގައި އެ ޑިޕާޓްމަންޓުން ވައްކަން ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވައްކަން ކުރީ އީދު ބަންދުގެ ކުރިންނެވެ. އެ ފަހަރު އައިޕެޑާއި ފޯނާއި ލެޕްޓޮޕާއި ކީބޯޑުގެ އިތުރުން ތައްޓާއި ސަމްސާ ކަހަލަ އެއްޗެހި ވަގަށް ގެންދިޔަ އެވެ.

މި ވައްކަން ކުރިއިރު، އެ ޑިޕާޓްމަންޓުގެ ސެކިއުރިޓީ ކެމެރާ ވެސް ހުރީ ހަލާކުވެފަ އެވެ.

އޯރަލް ކީމޯގެ ބޭސްތައް ވަގަށް ނެގި ކަމަށް ވެސް ކެންސަރު ބަލި މީހުންގެ ފަރުވާއެއް ނުހުއްޓޭނެ އެވެ. އެކަމަކު ބޭނުންވާ މުހިއްމު ބޭސް މަދުވެގެންދާނެ އެވެ.

އައިޖީއެމްއެޗް ބްލަޑް ބޭންކް ކައިރީގައި ހިންގާ ކެންސަރު ޑިޕާޓްމަންޓަށް ވަދެވޭނީ ވެސް ހޯލްވޭއެއްގެ ތެރެއިން ގޮސްގެންނެވެ.