އައިޖީއެމްއެޗުގެ މައި ގޭޓުގެ ރިސެޕްޝަން ކައިރީގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް މިއަދު ހެނދުނު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނާއި އެ ހޮސްޕިޓަލުން ބުނެފި އެވެ.
26 ނޮވެމްބަރ 2021
އައިޖީއެމްއެޗުގެ މައި ގޭޓުގެ ރިސެޕްޝަން ކައިރީގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް މިއަދު ހެނދުނު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނާއި އެ ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލުން ފަންޑު ފޮއްޓެއް ވަގަށް ނެގި ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 11 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ފަންޑް ފޮށީގައި ހުރި ފައިސާގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންނާއި ހޮސްޕިޓަލުން ވެސް ބުނީ ފަންޑް ފޮށި އަދި ނުފެންނަ ކަމަށެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ފަންޑު ފޮށި ވަގަށް ނަގައިގެން ގޮސް ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރޭގައި ބަހައްޓާފައި ހުއްޓައި ބައެއް މީހުންނަށް ވަނީ ފެނިފަ އެވެ. އެ ފޮށި ބަހައްޓާފައި ހުރީ ބޭސްއަޅައިދޭ ކޮޓަރިން ކައިރީގައި ހުންނަ ފާހާނާއެއްގެ ތެރޭގައި ކަމަށް ވެ އެވެ. އެހެންވެ، ފަންޑު ފޮށި އެ ތަނުން ގެންދިޔަ ކަމާ މެދު ބައެއް މީހުން ގެންދަނީ މިހާރު ސުވާލު އުފައްދަމުންނެވެ.
ފަންޑު ފޮށި ފެނުނު އިރު ހުރީ ގެއްލުންދީފަ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި އޭގެ އިން ފައިސާތަކެއް ވަނީ ވަގަށް ގެންގޮސްފަ އެވެ.
ފަންޑް ފޮށި ފާހާނާގެ ތެރެއިން ފެނުމާ ގުޅިގެން ފުލުހުން ވެސް ހޮސްޕިޓަލްގެ ތެރޭގައި ހަރަކާތްތެރިވެފައިވާ ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ. އެކަމަކު މި ތަފުސީލްތައް ކަށަވަރުކޮށް ނުދީ ފުލުހުން ބުނެފައިވާ ގޮތުގައި މައްސަލަ އަންނަނީ އިތުރަށް ބަލަމުންނެވެ.
ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ހޮސްޕިޓަލުން ފަންޑު ފޮށި ވަގަށް ނެގި ގޮތެއް އަދި ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މައި ގޭޓު ކައިރީގައި ހުރި ފަންޑު ފޮށި ގެންދިޔަ މަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާއަކުން ނުފެންނަ ކަމަށް ވެ އެވެ.
"ހެލްތު ޓްރަސްޓް ފަންޑު" އަށް ފައިސާ ހޯދުމަށް އައިޖީއެމްއެޗްގެ އެކި ސަރަހައްދުގައި ފަންޑު ފޮށި ބަހައްޓާފައިވެ އެވެ.
ވޮލެޓް ފޭރެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލު މީހަކު ޒަހަމްކޮށްލައިފި
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލައިފި
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި