Roadha Mihaaru
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

05 އޯގަސްޓް 2022

ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެކަކުގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށާއި ދެވަނަ މީހާ 30 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ފުލުހުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ޝައިޚް ފަޒްލޫން މުހައްމަދު މީގެ ކުރިން ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ. ނަމަވެސް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިން ނިންމި ނިންމުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ.