03 އޯގަސްޓް 2022
ޑެންގީ ހުން ޖެހިގެން އިތުރު ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ޑެންގީ ހުން ޖެހިގެން އިތުރު ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑެންގީ ހުން ޖެހިގެން އަހަރެއް ނުވާ ކުއްޖަކަށް ރޭ އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށެވެ.
އެ ކުއްޖާ ހޮޑުލާއިރު ލޭ އަންނާތީ ލޭ އަޅަން ވެސް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
This year #dengue complications are more than last 3 years. Many ?are requiring ICU care and #Blood transfusions. Of course the last year's wear #COVID19 https://t.co/ipiHRtyi5l
— Ahmed Faisal (@Faisalnaifaru) August 3, 2022
ޑެންގީ ހުން ޖެހިގެން ހާލު ބޮޑުވި ދެ ކުއްޖަކަށް މި ފަހުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނެވެ. އެކަމަކު، ފައިސަލް ވިދާޅުވީ އެ ކުދިންގެ ހާލު ރަނގަޅުވަމުން އަންނާތީ ވޯޑަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އޭގެ ފަހުން އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ޑެންގީގައި ހާލު ސީރިއަސްވާ ކުދިންގެ އަދަދު ފާއިތުވި ތިން އަހަރަށް ވުރެ މި އަހަރު ގިނަ ކަމަށެވެ. ގިނަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި، ލޭ އަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ މި ދުވަސްވަރު ޑެންގީ ހުން އިތުރެވެ. އޭގެ އިތުރުން ވައިރަލް ހުމާއި ބޭރަށް ހިނގުން ވެސް މި ދުވަސްވަރު ގިނަ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފަތިސްގަޑި އާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާ މަގު މައްޗަށް ފެން ހެދޭނެ ގޮތަށް ފުޅިފަދަ ތަކެތި އުކާނުލުން ފަދަ ކަންކަމަށް މި ދުވަސްވަރު ސަމާލުވުމަކީ ވެސް ޑެންގީ ހުން މަދުކުރެވޭނެ ކަމެއް ކަން ކަމާބެހޭ އިދާރާތަކުން ހަނދާންކޮށްދެ އެވެ.
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ޑެންގީ ޖެހޭ މީހުންގެއަދަދު ކަންބޮޑުވާ ވަރަށް އިތުރު!
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
ޑެންގީ ހުން ޖެހިގެން ދެ ކުއްޖަކު އައިސީޔޫގައި
ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެއްޖެ
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
ފިހާރަތަކުގައި ވިއްކާ ޔޯގަޓަށް ވުރެ ބަތްޕެން ރަނގަޅު