03 އޯގަސްޓް 2022
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއާރްޕީގެ ފަރާތުން ވާދަ ކުރައްވާނީ އެ ޕާޓީގެ ވަގުތީ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށް އެ ޕާޓީން ނިންމައިފި އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއާރްޕީގެ ފަރާތުން ވާދަ ކުރައްވާނީ އެ ޕާޓީގެ ވަގުތީ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމަށް އެ ޕާޓީން ނިންމައިފި އެވެ.
ޑީއާރްޕީ އިން ބުނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ ހާއްސަ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ރިޔާސީ އިންތިހާބުގެ ޓިކެޓު ޖާބިރަށް ދޭން ކަނޑައަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖާބިރު މީގެ ކުރިން ވެސް ވަނީ އޭނާ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އަށް ޓިކެޓު ދޭން އެ ޕާޓީން ފާސް ކުރީ، ރިޔަސީ އިންތިހާބުގައި ވާދަ ކުރައްވަން ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓު ދޭން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފައި ވަނިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އެމަނިކުފާނާ ވާދަ ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެކަމަކު ވާދަ ކުރައްވާ ބޭފުޅެއް އެ ޕާޓީން ނުބުނެ އެވެ.
މިފަހުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވެސް ވަނީ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް
ޖާބިރު ޑީއާރުޕީން އިސްތިއުފާދެއްވައިފި
ސިޔާސީ ހަރަކާތްތައް ނުހިންގަން ޑީއާރްޕީއަށް އަަންގައިފި
ޑީއާރުޕީގެ ދަރަންޏާ ހެދި ޖާބިރު ބަންދުކޮށްގެން ކޯޓަށް
ޑީއާރުޕީގެ ހަތް ލައްކައިގެ ދަރަނިން ސަލާމަތެއްނުވި
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
ޔާމީނަށްޓަކައި ބޮޗޭ ޑީއާރުޕީން ވަކިވެވަޑައިގެންފި
ޑީއާރްޕީ އުވައެއް ނުލާނެ، މައްސަލަ ހައްލުވެއްޖެ: އީސީ