Roadha Mihaaru
ޑީއާރުޕީގެ ދަރަންޏާ ހެދި ޖާބިރު ބަންދުކޮށްގެން ކޯޓަށް

ޑީއާރުޕީގެ ދަރަނީގެ މައްސަލައެއްގައި ޖާބިރު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަނީ

13 ފެބުރުއަރީ 2022

ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ ފައިސާގެ މައްސަލަތަކެއްގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ ފައިސާގެ މައްސަލަތަކެއްގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ޑީއާރުޕީން 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެމްޓީސީސީން ހޯދި ޚިދުމަތްތަކަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދޭން ސުޕްރީމް ކޯޓުން އޮތީ ނިންމައިފަ އެވެ.

ސިވިލް ކޯޓުން މިއަދު ބުނީ، ޖާބިރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަން އެންގީ އެމްޓީސީސީން ޑީއާރުޕީގެ މައްްޗަށް ދައުވާކުރާ މައްސަލައިގަ އެވެ. ބަންދުގައި ބަހައްޓައިގެން އާންމުކޮށް މީހުން ކޯޓަށް ހާޒިރުކުރަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހުކުމް ތަންފީޒު މަރުހަލާގަ އެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އިސް ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ދޫކުރައްވައި، ވަޑައިގަތްއިރު އެ ޕާޓީން އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި އޮތެވެ. އެމްޓީސީސީގެ އިތުރުން ހަބް ކުންފުންޏާއި މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ވެސް ފައިސާތަކެއް ދައްކަން ކޯޓުތަކުން ހުކުމް ކޮށްފައިވެ އެވެ.