29 ޖުލައި 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދެންމެ ދޮގުކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދެންމެ ދޮގުކޮށްފި އެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވީ އެ މަނިކުފާނުގެ އާއިލީ ގާތްބޭފުޅެއްގެ އަންހެން ކުއްޖަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ނަޝީދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑު ހަމަ ދެންމެ ޔޫކޭ އަށް މި ލޭންޑް ކުރީ. ދެން އެ ފޮޓޯތައް ލިބިއްޖެ،" ނަޝީދު ވިދާޅުވި އެވެ.
އެ ކަމާ ގުޅެ ގޮތުން "މިހާރު" އިން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.
"އެކަހަލަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީން ކަން ރައީސް ދެއްވާ،" މަބްރޫކް ވިދާޅުވި އެވެ.
އެފަދަ ފޮޓޯތަކެއް އުޅޭނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، "ފުރަތަމަ ކަމަކަށް ފޮޓޯއެއް އުޅޭނީ އެ ކަހަލަ ކަމެއް ކުރައްވައިގެން ނޫންތޯ" ކަމަށެވެ.
"އެ ކަހަލަ ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ،" ތަކުރާރުކޮށް މަބްރޫކް ވިދާޅުވި އެވެ.
ނަޝީދު ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުންނެވެ.
ނާޒިމް އިއްޔެ ހައްޔަރުކުރުމާއެކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ، ކޮއްކޯފުޅު ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ.
ބަރުލަމާނީގެ ވާހަކައެއް މެނިފެސްޓޯއަކު ނެތް: މަބްރޫކް
ނިޒާމުގެ ވާހަކައަށް ރައީސް މިވަގުތު އިސްކަމެއް ނުދެއްވާ
ނިޒާމާ ބެހޭ ގޮތުން ރައީސްގެ އިތުރު ވާހަކައެއް ނެތް
ރައީސްގެ ޖަވާބު: ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓުން
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
ދެ ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުން
ކުރީގެ ރައީސުން ވެސް އެދިވަޑައިގަތީ އަވަހަށް ވޯޓުލުމަށް
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"